ހަމަނިދި ނުލިބޭ ބައެއް ސަބަބުތައް

29 ޖެނުއަރީ 2022 - 13:43

ރޭގަނޑު 8 ގަޑިއިރު ނިދިއަސް ހެނދުނު ހޭލާއިރު ވަރުބަލިވެ އެއްވެސް ކަމެއް ކުރާހިތް ނުވެފައި ހުންނަ ފަހަރު އާދެއެވެ. ސިއްހީ މައްސަލައެއްނެތި ރޭގަނޑުގެ ނިދިން މަހުރޫމުވާނަމަ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސް ހައްލު ހޯދިދާނެެއެވެ. ހަމަނިދި  ހޯދުމަށް މީހާގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަންޖެހެއެވެ. އެގޮތުން ރޭގަނޑު ހަމަނިދި ހޯދުމަށް މިކަންކަން ކުރެވިދާނެއެވެ.

ކެފެއިން އެކުލެވޭ ބާވަތްތައް ބޭނުންނުކުރުން

advertisement

ކެފެއިންގެ ސަބަބުން ސިކުނޑި ހޭލައްވާލައެވެ. ކެފެއިންއަކީ މީހާގެ ސިކުނޑި އެކްޓިވްކޮށް ހުންނަން އެހީތެރިވެދޭ މާއްދާއެއްކަމަށް ހޯދުންތަކުން ދައްކައެވެ. ކެފެއިންގެ ސަބަބުން ނިންޖަށް އަސަރެއް ނުކުރާކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއީ މުޅިން ހަގީގަތެއް ނޫނެވެ. ދިރާސާތަކުން ދައްކަގޮތުގައި އެންމެ ކޮފީ ތައްޓެއްގެ ސަބަބުން ސިކުނޑި 6 ގަޑިއިރަށް ހޭލައްވާލައެވެ. އެހެންކަމުން ނިދަން ކައިރިކޮށްފައި ކޮފީ ބުއިމުގެ ސަބަބުން ނިންޖަށް އަސަރުކުރުވައެވެ.

ލެޕްޓޮޕް އަދި ފޯނު ބޭނުންކުރުން

ފޯނު ނުވަތަ ލެޕްޓޮޕްގައި ހިމެނޭ “ބްލޫ ލައިޓް” ގެ ސަބަބުން ސިކުނޑި މެލަޓޯނިން ހޯމޯން އުފައްދައިދޭ މިންވަރު ދަށްވެއެވެ. މިއީ އަނދިރިވުމުން ނިދުމަށް އެހީތެރިވެދޭ ހޯމޯންއެކެވެ. ނަތީޖާއެއްގެ ގޮތުން ނިދަން ކައިރިކޮށްފައި ފޯނު ނުވަތަ ލެޕްޓޮޕް ފަދަ ތަކެތި ބޭނުންކުރުމުން ނިދިން ސިކުނޑިއާއި ހަށިގަނޑަށް ލިބެންޖެހޭ އަރާމެއް ނުލިބެއެވެ. އެހެންކަމުން ހޭލާއިރު މީހާއަށް ވަރުބަލިކަމުގެ އިހްސާސް ކުރެވެއެވެ.

ރޭގަނޑު ކަސްރަތުކުރުން

ކަސްރަތުކުރުމަކީ ހަށިގަނޑުގެ އެޑްރެނަލިން ލެވެލް މަތިކުރަކަމެކެވެ. މީގެ ސަބަބުން މީހާގެ ހިތުގެ ވިންދާއި ނޭވާލުން އަވަސްވެއެވެ. އެހެންކަމުން ރޭގަނޑު ކަސްރަތުކުރުމަކީ މީހާގެ ހަށިގަނޑުގެ ނިޒާމްތައް ހަލަބޮލިވެ ހަރަކާތްތެރިވާނެކަމެކެވެ. އެހެންކަމުން ނިދިން މީހާއަށް ލިބެންޖެހޭ އަރާމެއް ނުލިބެއެވެ.

ރިއެކްޝަންސް
2
0
2
1
4
0
0