އެކަނިވެރިމައަކަށް އެހީތެރިވުމަށް ކޮންމެ މަސްވެރިއަކު މަދުވެގެން 50 ރުފިޔާ ދޭ ކެމްޕޭނެއް

31 ޖެނުއަރީ 2022 - 17:42

އެކަނިވެރިމައަކަށް އެހީތެރިވުމުގެ ގޮތުން، ކޮންމެ މަސްވެރިއަކު މަދުވެގެން 50 ރުފިޔާ ދޭ ކެމްޕޭނެއް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ފަށައިފިއެވެ.

މަސްވެރިޔާ ހަސަން ސާޖިން މި މަސައްކަތް ފަށާފައިވަނީ ހަތަރުކުދިން ގޮވައިގެން އެކަނި ދިރިއުޅެމުން އަންނަ މަންމަ އެއް ކަމަށްވާ އައިޝާއަށް އެހީވުމަށް އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މަމްސް އެންޖީއޯގެ ފަރާތުން ހިންގާ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުންނެވެ.

advertisement

މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން މަސްވެރިޔާ ސާޖިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި 15000 އަށް ވުރެ ގިނަ މަސްވެރިން އެބަތިބި ކަމަށާއި، މީގެ ތެރެއިން ކޮންމެ މަސްވެރިއެއް 50 ރުފިޔާ ހަރަދުކޮށްފިނަމަވެސް 750000 ރުފިޔާ އެހީގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ.

އައިޝާއަކީ އުމުރުން 15 އަހަރުން ދަށުގެ ހަތަރު ކުދިންނާއި އެކު ދިރިއުޅެމުން އަންނަ އެކަނިވެރި މައެކެއެވެ. މަމްސް އެންޖިއޯއިން އައިޝާ ސިފާކޮށްފައިވަނީ ހިތްވަރުގަދަ މައެއްގެ ގޮތުގައެވެ.އައިޝާ އާއި އޭނާގެ ދަރިން ދިރިއުޅެމުން އަންނަނީ ވީރާނާވެފައިވާ އެންމެ ކޮޓަރިއަކާއި ބަދިގެއެއްގައެވެ. މި ތަނުގެ ވަޅުގިފިލި ހިޔާނުކޮށް ހުންނައިރު، ތަނަކީ އެހާމެ ކުޑަތަންކޮޅެކެއެވެ.

ރިއެކްޝަންސް
0
0
0
6
0
0
0