ލޮލުގެ ފެނުމަށް ރަނގަޅު ބައެއް ކާނާ

3 ފެބުރުއަރީ 2022 - 15:42

ލޮލަކީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން ވަރަށް މުހިންމު ގުނަވަނެކެވެ. ބައެއް މީހުންނަކީ ލޮލުގެ ފެނުން ވަރަށް ދަށް މީހުންނެވެ. މިކަމުގެ ސަބަބުން ކުރިމަތީގައި ހުންނަ އެއްޗެހިވެސް ފެނުމުގައި އުނދަގޫތަކާއި ކުރިމަތިވެއެވެ. މިހެންވުމުން ދެން ޖެހެނީ ނަންބަރު އައިނު އަޅާށެވެ. ނަމަވެސް އައިނަކީ އަބަދު އަަޅާއިގެން އުޅެން ފަސޭހައެއްޗެއް ނޫނެވެ. ލޮލުގެ ފެނުން ރަނގަޅުކުރުމަށް ކެވިދާނެ ބައެއް ކާނާތައް ހުރެއެވެ. އޭގެތެރޭގައި:

  • ފެހިކަންގަދަ ފަތް

ފެހިކަންގަދަ ފަތަކީ ސިއްހަތައް ވަރަށް ފައިދާހުރި އެއްޗެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ފެހިކަންގަދަ ފަތް ހިމެނުމުން ސިއްހީ އެތައްގިނަ ފައިދާތަކެއް ލިބެއެވެ. އެގޮތުން މިއީ ލޮލާއި ލޮލުގެ ފެނުމަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ.

advertisement
  • ކެރެޓް

ކެރެޓަކީ ލޮލަށް ރަނގަޅު ތަރުކާރީއެއްކަން އެންމެންނަށްވެސް އިނގޭނެއެވެ. ކެރެޓް ކާންފެށުމުން ލޮލުގެ ފެނުން ކުއްލިއަކަށް ރަނގަޅު ނުވެދާނެއެވެ. އެހެންނަމަވެސް ގަވައިދުން ކެއުމުގައި ކެރެޓް ބޭނުންކުރާނަމަ ލޮލުގެ ފެނުން ރަނގަޅުކޮށްދޭނެއެވެ. ސަބަބަކީ ކެރެޓަކީ ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނޭ ތަރުކާރީއަކަށް ވުމެވެ. ވިޓަމިން އޭގެ ސަބަބުން ލޮލުގެ ވަށައިގެންވާ ސަރަހައްދު ސަލާމާތްކުރުމަށް އެހީތެރިވެދެއެވެ. އަދި ލޯހިކުން ފަދަ ކަންކަމުން ދުރުކޮށް ފެނުން ރަނގަޅުކޮށްދެއެވެ. ކެރެޓް ކާން އުނދަގޫ މީހުންނަށް ކެރެޓް ޖޫސް ގިރައިގެންވެސް ކެއުމުގައި ބޭނުންކުރެވިދާނެއެވެ.

  • ބެލްޕެޕަރ

ދުވާލެއްގެ މައްޗަށް އެއްޖޯޑުގެ ބެލްޕެޕަރ ބޭނުންކުރާނަމަ އެދުވަހަކު ހަށިގަނޑަށް ބޭނުންވާ ވިޓަމިން އޭ އަދި ސީ ލިއްބައިދޭނެއެވެ. މިއީ ލޯ ކެލޮރިން، ފައިބަރ ގިނައިން ހިމެނޭ ތަރުކާރީއެކެވެ. ބެލްޕެޕަރ ކާނަމަ ލޮލުގެ ވަށައިގެންވާ ސަރަހައްދު ޒުވާންކަންމަތީ ދަމަހައްޓާ މުސްކުޅިވުމުން ދުރުކޮށްދޭނެއެވެ.

  • ބަރަބޯ

ބަރަބޮލުން ހަށިގަނޑަށް ވިޓަމިން އޭ، ސީ، އީ ލިއްބައިދެއެވެ. އަދި ޒިންކް، ފައިބަރ، ލުޓެއިން ލިބޭނެއެވެ. އެހެންކަމުން މިއީވެސް ލޮލަށް ރަނގަޅު ތަރުކާރީއެކެވެ.

ރިއެކްޝަންސް
1
0
0
0
1
0
0