މަޖަލަކަށްވެސް ގަނާކުރާ ކަހަލަ ކަމެއް ބަލައެއް ނުގަނެވޭނެ

7 ފެބުރުއަރީ 2022 - 12:31

ރަހުމަތްތެރިންގެ ތެރޭގައި، އާއިލާގެ ތެރޭގައި ނުވަތަ މަސައްކަތުގެ މާހައުލުގައިވެސް އަނެކާ ނިކަމެތިކޮށްލާ، ހިތްދަތިވާ ނުވަތަ ގަނާކުރުމުގެ ބަސްތައް އަމާޒުވާފަހަރު އާދެއެވެ. އަދި ތިމާދަންނަ މީހަކާއި ދިމާލަށްވެސް މީހަކު މިދަފަ ގޮތަކަށް އަމަލުކުރާތަން ފެނިދާނެއެވެ. އެފަދަ އެއްޗެއް ބުނާމީހަކު އެބުނަނީ ގަސްތުގައި ނުވަތަ ނޭންގުމެއްގެ ތެރޭގައި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މަޖަލަކަށްވިއަސް މިފަދަ ބަސްތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މިފަދަ އެއްޗެއް ބުނާ މީހަކަށް އެމީހަކު އެބުނީ އެއްޗަކީ ތިމާ ހިތްހަމަނުޖެހޭ އެއްޗެއްކަން އަންގަންޖެހޭފަދަ ހާލަތްތައް އާދެއެވެ. ނަމަވެސް ބައެއް ފަހަރު މިކަންކަމާއިމެދު ގިނަ މީހުންނަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ. ސަބަބުތައްވެސް އެބަހުއްެވެ. އޭގެތެރޭގައި:

  • އެހެންމީހަކު އެކަމާއި އަޅާނުލާތީ ތިމާވެސް އެކަމަށް އަޅާލަން ނުޖެހޭނެކަމަށް ގަބޫލުކުރެވުން
  • އެހެންމީހަކު އެކަމަށް އެކަމަށް އެއްޗެއް ބުނާނެކަމަށް މަޑުކުރުން ނުވަތަ ގަބޫލުކުރުން
  • އެކަންކުރިމީހަކު ތިމާއާއި މާބޮޑު ގުޅުމެއް ނެތުމުން އެކަމުގެ ތެރެއަށް ވަންނަން ބޭނުންނުވުން
  • ގެއްލުމެއް ދީފާނެކަމަށް ބިރުގަތުން

އެކްޓިވް ބައިސްޓޭންޑަރ އަކަށް ވާނީ ކިހިނެތް؟

advertisement
  • ގޯސްކަންތައް ދެނެގަނޭ

ތިމާއާއި މެދުގައި ނުވަތަ އެހެންމީހަކާއި މެދުގައިވެސް ދިމާވި ގޯސްކަންތައް ފުރަތަމަ ދެނެގަންނާށެވެ.

  • މައްސަލަ ހައްލުވީކަމަށް ނުބަލާ

މިސާލަކަށް ތިމާގެ ރަހުމަތްތެރިއަކާއިމެދު މީހަކު ގޯސްކޮށް ކަންތައްކުރީ ނުވަތަ އެއްޗެކޭ ބުނިނަމަވެސް ރަހުމަތްތެރިޔާ އެއްޗެކޭ ނުބުނުމުގެ މާނައަކީ އެކަން ހައްލުވީއެކޭ ނޫނެވެ.

  • ހައްލަކަށް ތިމާވޭ

އެހެންމީހަކު އެކަން ހައްލުކުރާނެކަމަށް މަޑުނުކުރާށެވެ. އޭގެބަދަލުގައި ހައްލަކަށް ތިމާވާށެވެ.

ރިއެކްޝަންސް
1
0
0
0
0
0
0