ޝައްކު ބަލިން ދުރުވުމަށް ކުރެވިދާނެ ކަންތައްތައް

14 ފެބުރުއަރީ 2022 - 14:45

ކައިވެނިކޮށްގެން އުޅޭއިރު ބައެއް ފަހަރު އެކަކު އަނެކަކަށް ޝައްކުކުރާ ފަހަރު އާދެއެވެ. ބައިވެރިޔާއަށް ނޭންގި އޭނާގެ ފޯނު ބަލަންހެއްޔެވެ؟ މަސައްކަތުގެ މާހައުލުގައި އެކުގައި މަސައްކަތްކުރާ މީހަކާއި އޮންނަ ގުޅުމަކީ އޮންނަންޖެހޭ މިންވަރަށްވުރެ އިތުރަށް އޮތް ގުޅުމެއްކަމަށް ހީކުރަންހެއްޔެވެ؟ ބޭރުގައި އުޅޭ ވަގުތުގައި ބައިވެރިޔާ ކުރާ ކަމެއް ބެލުމަށް ގުޅަންހެއްޔެވެ؟ ފައިސާއާއި ބެހޭގޮތުން ބައިވެރިޔާ ދޮގުހަދާކަމަށް ހީކުރެވޭހެއްޔެވެ؟ ބައިވެރިޔާ އޭނާގެ ރަހުމަތްތެރިއަކާއި ބައްދަލުކުރާ ކޮންމެ ފަހަރެއްގައި ޒުވާބަކަށް ދާންޖެހޭ ހެއްޔެވެ؟ މިއީ އެ ގުޅުމެއްގައި ޝައްކު ކުރާކަމުގެ ބައެއް ނިޝާންތަކެވެ.

ގުޅުމެއްގައި އެކަކު އަނެކަކަށް ޝައްކު ކުރަންޖެހޭ ނުވަތަ ޝައްކު އުފެދޭ ބައިވަރު ސަބަބުތައް ހުރެދާނެކަމަށް ހޯދުންތަކުން ދައްކައެވެ. އޭގެތެރޭގައި:

advertisement
  • ކުރީގެ ގުޅުން

ތިމާގެ ކުރީގެ ރިލޭޝަންޝިޕްގެ ސަބަބުން މިހާރު ރިލޭޝަންޝިޕްގައި އުޅޭ މީހާއަށް ޝައްކު ކުރުމަކީ ކުރެވިދާނެކަމެކެވެ. އެގޮތުން ކުރީގެ ބައިވެރިޔާ ކޮށްފައިވާ ކަމެއްގެ ސަބަބުން މިހާރުގެ ބައިވެރިޔާވެސް އެގޮތައް އުޅޭނެކަމަށް ހީވެ އޭނާއަށް ޝައްކު ކުރުމަކީ ވެދާނެގޮތެކެވެ.

  • މާބޮޑަށް ސްޓްރެސްވުން

މީހާ މާބޮޑަށް ސްޓްރެސްވުމަކީވެސް ބައިވެރިޔާއަށް ޝައްކު ކުރުމަށް މެދުވެރިވާ ސަބަބެކެވެ. އަދި އޭނާއަކީ ދިރިއުޅުމުގައި އުނދަގޫ ކަންތައްތަކެއް ތަހައްމަލް ކުރަން ޖެހިފައިވާ މީހެއްނަމަ ސްޓްރެސް ލެވެލް އިތުރުވެ ޝައްކު ކުރުމަށް މަގުފަހިވެއެވެ.

  • ޝައްކު ކުރެވޭ ކަމެއް ކުރުން

ބައިވެރިޔާގެ ފުށުން އެއްފަހަރު ނަމަވެސް ޝައްކު ކުރެވޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެއީ ދެން ބަދަލުކުރަން އުނދަގޫވާނެ ކަމެކެވެ. އެފަދަ ކަމެއް އެއްފަހަރު ވީނަމަވެސް އިތުބާރަށް ބުރޫއަރާ ޝައްކު ކުރެވޭނެއެވެ.

ގުޅުމެއްގައި ޝައްކު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

  • ޝައްކުކުރަން މެދުވެރިވި ސަބަބު ދެނެގަތުން
  • ޝައްކު ކުރުމުގެ ކުރިން ރަނގަޅަށް ވިސްނާލުން
  • ބައިވެރިޔާއާއި ވާހަކަދެއްކުން
  • ބޭނުންވާ ކަންކަން ބައިވެރިޔާއާއި ހިއްސާކުރުން
  • އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުން
  • ތެރަޕީ ނަގަންޖެހިއްޖެނަމަ އެކަންކުރުން
ރިއެކްޝަންސް
0
0
0
2
0
0
0