ހެނދުނުގެ ނާސްތާގައި ފޮނި އެއްޗެހި ބޭނުންކުރުން ރަނގަޅެއް ނޫން

16 ފެބުރުއަރީ 2022 - 14:47

ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު އެއް ނާސްތާއެވެ. ގިނަ ވަގުތު ހުސްބަނޑާ ހުރުމަށްފަހު ކާފުރަތަމަ ކެއުމެވެ. އެހެންކަމުން ހެނދުނު ރަނގަޅު ކާނާ ކެއުމަށް މާހިރުން އިލްތިމާސްކުރެއެވެ. ހެނދުނުގެ ނާސްތާއަކީ މުޅި ދުވަހު މީހާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭ ނާސްތާވެސްމެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާގައި މާ ގިނައިން ފޮނިކަން ގަދަ ހަކުރު އެކުލެވޭ ބާވްތައް ހިމެނުން ރަނގަޅެއް ނޫނެވެ. ހެނދުނުގެ ނާސްތާގައި މާ ގިނައިން ހަކުރު އެކުލެވޭ ފޮނިކާތަކެތި ހިމަނާނަމަ އެކަމުގެ ސަބަބުން ހަކުރުބަލި ފަދަ ބަލިތައް ޖެހުން ގާތްކަމަށް ދައްކައެވެ. އެގޮތުން ހެނދުނުގެ ކެއުމުގައި ހަކުރު ގިނައިން އެކުލެވޭ ކެއުން ރަނގަޅު ނޫން ކާނާގެ ތެރޭގައި:

advertisement

ކްރަމްޕީ

ކްރަމްޕީ އަކީ ވެސް ޕާނާ ޖަހައިގެން އާންމުކޮށް ބޭނުން ކޮށް އުޅޭ ބަވަތެކެވެ. ނަމަވެސް ކްރަމްޕީ އަކީ އޭގައި ގިނައިން ހަކުރު އެކުވޭ ބާވަތަކަށް ވާތީ ކްރަމްޕީ ހެނދުނުގެ ނާސްތާއަށް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.

ސީރިއަލް.

ބައެއް ވައްތަރުގެ ސީރިއަލް ގައި ހަކުރު އެއްކޮށްފައި ހުރެއެވެ. މިފަދަ ހަކުރަކީ ހެނދުނުގެ ނާސްތާގައި ހިމެނުން ރަނގަޅު ނޫން އެއްޗެކެވެ. އެންމެ ރަނގަޅު ގޮތަކީ މި ބާވަތުގެ ސީރިއަލް ގެ ބަދަލުގައި ހަކުރު އެކުލެވިގެން  ނުވާ ފައިބަރ އާއި ޕްރޮޓީން އެކުލެވިގެންވާ ސީރިއަލް އެއް ބޭނުން ކުރުމެވެ.

ޕޭން ކޭކް

ޕޭންކޭކަކީ ހެނދުނުގެ ނާސްތާގައި ވަރަށް ގިނަމީހުން ބޭނުންކުރާ ބާވަތެކެވެ. މިއީވެސް ގިނަ އަދަދަކަށް ހަކުރު އެކުލެވޭ އެއްޗަކަށް ވުމުގެ ސަބަބުން މިއީވެސް ހެނދުނުގެ ނާސްތާގައި ބޭނުންކުރަން އެހާ ރަނގަޅު އެއްޗެއްނޫނެވެ.

ޕޭސްޓްރީ އާއި ޑޯނަޓްގެ ވައްތަރު ތައް.

ޕޭސްޓްރީއާއި ޑޯނަޓަކީވެސް ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވާ ބާވަތްތަކެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0