ޖަލުން ދޫކޮށްލާ މީހުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް

17 ފެބުރުއަރީ 2022 - 16:14

ކުށެއްގެ ސަބަބުން ޖަލަށް ގޮސް އަނބުރާ މުޖްތަމައުއަށް ނުކުމެ ކުރިން އުޅުނު ދިރިއުޅުމަށް ދިއުމަކީ ފަސޭހަކަމެއްނޫނެވެ. ގިނަ މީހުން އަނބުރާ އަންނައިރު ވަޒީފާ ގެއްލި، ގާތްރަހުމަތްތެރިންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ ނުވަތަ އެނޫންވެސް ގުޅުންތަކަށް ހުންނަނީ ބުރޫއަރާފައެވެ. ގިނަ މީހުންނަށް ވާހަކަދައްކާލާނެ މީހަކުނެތި، މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު ނެތި، އުޅޭނެ ގެއެއްނެތި، ތެރަފީއެއް ނަގާނެ ގޮތެއްނެތި އަލުން މުޖްތަމައުއަށް ނިކުތުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

ޖަލުން ދޫކޮށްލާ މީހުންނަށް ނަފްސާނީ މައްސަލަތައް ދިމާވާ މިންވަރު އިތުރުކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ. އެގޮތުން ޖަލުން އެނބުރި މުޖްތަމައުއަށް ނިކުންނަ މީހުންނަށް ތަފާތުކުންތަކާއި، ދުރުކޮށްލުމާއި، އަޅާނުލާކަމަށް ދިރާސާއިން ދައްކައެވެ. މީގެތެރޭގައި އާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިންގެ ފަރާތުން މިކަހަލަ ކަންތައްތައް ދިމާވެއެވެ.

advertisement

އެމީހުންނަށް މުޖްތަމައުގައި އަޅާނުލުމުގެ ސަބަބުން އަނެއްކާވެސް ކުއްތަކަށް އަރައިގަތުމާއި ދިރިއުޅުން މަތިން ފޫހިވުމަކީ ވަރަށް ގާތްކަމެކެވެ. އެގޮތުން ދިރާސާއިން ދައްކާގޮތުގައި މިގޮތައް އަޅާނުލުމުގެ ސަބަބުން އެމީހުން ޑްރަގް ބޭނުންކުރުމާއި، އަމިއްލައަށް މަރުވުން ފަދަ ކަންތައްތައް އިތުރުވެއެވެ.

ވޮޝިންގްޓަން ސްޓޭޓްއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން ޖަލުން ދޫކޮށްލާތާ 1 ހަފްތާގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންނާއި ޑްރަގް ބޭނުންކޮށްގެން އޯވަރޑޯޒްވާ މީހުންގެ އަދަދު އިތުރެވެ. މީގެ މައިގަނޑު ސަބަބަކީ އެމީހުންނަށް ޖަލުން އަނބުރާ ނިކުތުމަށްފަހު ދިމާވާ އެކިއެކި ކަންކަމެވެ. އޭގެތެރޭގައި އެމީހުންގެ ބައެއް ހައްޤުތައް ގެއްލުން އޭގެތެރޭގައި ވޯޓުލުމާއި، ލައިސަންސް އުވާލުން، ދަރިން ހުންނަ މީހެއްނަމަ ދަރިންނަށް ބައްދަލުކުރުން މަނާކުރުން، ވަޒީފާދޭން ތަންތަނުން ދެކޮޅުހެދުން ފަދަ ކަންކަމުގެ ސަބަބުން އެމީހުންގެ ދިރިއުޅުން އިތުރަށް އުނދަގޫވެއެވެ. މީގެސަބަބުން އެމީހުންނަށް ދިރިއުޅުމައިގެން ކުރިއަށްދިއުމަށް ގިނަ ހުރަސްތަކަކާއި ކުރިމަތިލާންޖެހެއެވެ.

ރިއެކްޝަންސް
0
0
0
4
0
0
1