އާއިލާ ޕްލޭންކުރާ ވާހަކަ އަހަރުމެން ނުދައްކަނީ ކީއްވެ؟

19 ފެބުރުއަރީ 2022 - 13:14

ކައިވެންޏަށް ފަހުގައި އާއިލާ ޕްލޭންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ދެވަސްވުންތަކާއި އަދި ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ވަރަށް މުހިންމުކަމެކެވެ. އާއިލާ ޕްލޭންކުރުމުގެ ބައެއް ފައިދާތައް މި އާޓިކަލްގައި ހިމަނާލާނަމެވެ.

  • މާބަނޑުވުމަށްފަހު އަންހެނާއަށް ދިމާވާ ކުރައްކާ ކުޑަވުން

ރަނގަޅަށް އާއިލާ ޕްލޭންކުރުމަކީ ބަނޑުބޮޑުވުމާއި، ވިހެއުމާއި އަދި ވިހެއުމަށްފަހު އަންހެން މީހާއަށް ދިވާމާ ސިއްހީ އެކިއެކި މައްސަލަތަކާއި އަންހެން މީހާގެ ސިއްހަތު ސަލާމަތުން ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. ރަނގަޅަށް ޕްލޭންކުރުމަށްފަހު ދަރިން ހޯދުމަކީ އަންހެން މީހާއަށް ދިމާވާ ގިނަ ސިއްހީ މައްސަލަތަކަކަށް ހައްލު ލިބޭނެކަމެކެވެ. އޭގެތެރޭގައި ބްލަޑް ޕްރެޝަރ މަތިވުމާއި، ހަކުރު ބައްޔާއި، އިންފެކްޝަން ޖެހުމާއި، ބައިގެންދިއުން ފަދަ ކަންތައްތަކުން ދުރުކޮށްދެއެވެ.

advertisement
  • ދަރިފުޅު ބައިގެންދިއުން ނުވަތަ މަރުވުމުން ސަލާމަތްވޭ

އަންހެންމީހާ ރަނގަޅަށް ޕްރެގްނަންސީއަކަށް ތައްޔާރުނުވެ މާބަނޑު ވުމުގެ ސަބަބުން އަންހެން މީހާގެ އިތުރުން ބަނޑުގައިވާ ތުއްތު ދަރިފުޅަށްވެސް އޭގެ އަސަރުކުރެއެވެ. އެގޮތުން ބަނޑަށް ދަރިފުޅު މަރުވުމާއި އަދި ބައިގެންދިއުންފަދަ ކަންތައްތައް މެދުވެރިވެއެވެ. މިކަންކަން މަދުކުރުމަށްވެސް އާއިލާ ޕްލޭންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

  • ބާރުވެރިވޭ

ދަރިއަކު ހޯދުމުގެ ކުރިން އާއިލާ ޕްލޭންކުރުމުގެ ސަބަބުން އުފާވެރި އާއިލާއެއް ބިނާކުރުމަށް އެހީތެރިވެދެއެވެ. އެގޮތުން 2 މީހުންނަށް ތައުލީމު ހާސިލްކުރުމާއި ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށްދިއުމަށް މަގުފަހިވެއެވެ. އަދި މާލީގޮތުންވެސް ތަނަވަސްވެއެވެ. މީގެސަބަބުން ދަރިންހޯދުމަށްފަހު އެކުދިންނަށް ރަނގަޅަށް އަޅާލެވޭނެއެވެ.

ރިއެކްޝަންސް
0
0
2
1
0
0
0