ޔޫއެންޑީޕީގެ ހައްލުފޮށި: ބޭނުންވަނީ ލޯކަލް ސޮލިއުޝަންސް

21 ފެބުރުއަރީ 2022 - 12:34

ޔޫއެންޑީޕީން ކުރިއަށްގެންދާ “ހައްލުފޮށި” އަށް 39 ސޮލިއުޝަން ލިބިފައިވާކަމަށް ޔޫއެންޑީޕީ މޯލްޑިވްސްއިން ބުނެފިއެވެ. މިއީ މުޖްތަމައުގައި ހުރި އެކިއެކި ކަންކަމާއި ގުޅޭގޮތުން ހައްލު ގެނެސްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޔޫއެންޑީޕީން ބުނީ އެއް މައްސަލައަކަށްވެސް ގިނަ ހައްލުތަކެއް ހުންނާނެކަމަށް ގަބޫލުކުރާކަމަށެވެ. އަދި ކޮންމެ ސޮލިއުޝަންއެއްވެސް ފަށަންޖެހެނީ ކޮންމެވެސްތަނަކުންކަމަށެވެ.

“ހައްލު ފޮށި” އަށް ހުށައަޅާފައިވާ ހައްލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތައް ހިމެނެއެވެ. އޭގެތެރޭގައި:

  • އެކައުންޓަބަލް ގަވަނަންސް
  • ފައިސާ ހޯދާނެ ގޮތްތައް
  • އާޓިފިޝިއަލް އިންޓަލިޖެންސް
  • ފައިނޭންޝިއަލް ލިޓަރެސީ
  • ޑިޖިޓަލައިޒޭޝަން
  • އިންކުލޫޗިވިޓީ
  • ޒުވާނުން ބާރުވެރިކުރުވުން
  • ދަނޑުވެރިކަންކުރުން
  • ފަތުރުވެރިކަން
  • ފެން ރައްކާކުރާ ނިޒާމު
  • ދަތުރުފަތުރު

މިއަހަރުގެ ހައްލު ފޮއްޓަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ހުށައެޅުންތައް ހުށައަޅާފައެވެ. ޔޫއެންޑީޕީން ބުނީ މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ކަންކަމުގައި ދިވާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދީ ޒުވާނުންގެ ހިޔާލު ހޯދުންކަމަށެވެ. އަދި އެކަކަމަށް ދިމާވާ މައްސަލަތަކާއި އެކަންކަމުގެ ހައްލު އެހެންމީހުންނަށް އަންގައިދިނުންކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0