މަސައްކަތުގެ މާހައުލު ޓޮކްސިކް ވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަން

26 ފެބުރުއަރީ 2022 - 12:53

މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކާ އޮންނަ ގުޅުން ރަނގަޅުވެ ވަރުގަދަވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މަސައްކަތްތައް އިތުރު ބާރުމިނެއްގައި ކުރެވި މަސައްކަތް އިތުރަށް ފުރިހަމަވެގެންދާނެކަމެކެވެ. އަދި ޓީމްވޯކް ރަނގަޅުނަމަ މުވައްޒަފުން މަސައްކަތް ކުރާ ހިތްވެސް ވާނެއެވެ. އެހެންކަމުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރާއިރު މިކަންކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކޮންޕްލެއިން ނުކުރުން

advertisement

ކޮންޕްލެއިން ކުރާ މީހަކާއިއެކު އެއްވެސް މީހަކު މަސައްކަތް ކުރާކަށް ބޭނުމެއް ނުވާނެއެވެ. އަދި ކޮންޕްލެއިން ކުރުމަކުން އެއްވެސް ކަމެއް ބަދަލެއްވެސް ނުވާނެއެވެ. އެހެންކަމުން ކޮންޕްލެއިން ކުރުމުގެ ބަދަލުގައި ކަންކަން ބަދަލުކުރާ މީހަކަށް ވާށެވެ.

ކްރެޑިޓް ލިބެނީ ކާކަށްތޯ ޒުވާބު ނުކުރޭ

ޓީމެއްގެ ގޮތުގައި މަސައްކަތްކުރާއިރު ވަކި ކަމެއް ރަނގަޅަށް ކުރެވުމުން އެކަމުގެ ކްރެޑިޓް އަމިއްލައަށް ނަގަން މަސައްކަތް ނުކުރާށެވެ. އޭބަދަލުގައި އެކަމުގެ ކްރެޑިޓް ޓީމުގެ ހުރިހައި ބައިވެރިންނަށް ދޭށެވެ.

ވާހަކަދެއްކުން

ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. ގުޅުމެއްގައިވެސް އެކަކު އަނެކަކާއި ވާހަކަދެއްކުމަކީ މުހިންމު ކަމެކެވެ. ހަމައެގޮތައް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާއިރުގައިވެސް އެކަކު އަނެކަކާއި ވާހަކަދައްކައި އެކަކު އަނެކެއްގެ ހިޔާލު ހޯދުން ވަރަށް މުހިންމެވެ.

ގަވައިދު ހެދުން

ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ޓީމްގެ މެންބަރުން އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދެއް ހަދާށެވެ. މީގެ ސަބަބުން އެންމެވެންނަށްވެސް ކަންތައްތައް ކުރަންޖެހޭ ގޮތް އިނގިގެންދާނެއެވެ.

ކާމިޔާބު ފާހަގަކުރޭ

ޓީމަށް ލިބޭ ކާމިޔާބު އެންމެން ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ކުރެވުނު މަސައްކަތް ބަލައިގަނެ އަދި އެކަކު އަނެކަކާއި އޮންނަ ގުޅުންވެސް ވަރުގަދަވެ ދެން ކުރަންހުރި މަސައްކަތްތައް ފުރިހަމަ ކުރުމަށް ކުރެވޭނެ ކަމެކެވެ.

ރިއެކްޝަންސް
4
2
0
1
4
0
0