ލޮލުގެ ފެނުން ރަނގަޅުކުރުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަންވެސް އެބަހުރި

5 މާޗް 2022 - 12:58

މިޖީލުގައި ވަރަށް ކުޑަ ކުދިންނަށްވެސް ލޮލުގެ މައްސަލަތައް ދިމާވެ އައިނު އަޅާތަންފެނެއެވެ. ލޮލުގެ ފެނުމާއި ގިނަ ކަންތައްތަކެއް ވަނީ ގުޅިލާމެހިފައެވެ. އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަތައް ގެންގުޅޭ ގޮތުގެ ސަބަބުންވެސް ލޮލުގެ ފެނުމަށް އަސަރުކުރާ ފަހަރު އާދެއެވެ. އެހެންކަމުން އަމިއްލައަށްވެސް ލޮލުގެ ފެނުން ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ. އޭގެތެރޭގައި:

ހަމަނިދި ހޯދުން

advertisement

ލޮލުގެ ފެނުން ރަނގަޅުގޮތުގައި ބެހެއްޓުމަށް ގަޑިން ގަޑިއަށް ނިދުން ވަރަށް މުހިންމެވެ. ކޮންމެ ދުވަހަކު މަދުވެގެން އަށް ގަޑިއިރު ނިދަން އާދަކުރާށެވެ.

ރަނގަޅު ކާނާ ކެއުން

ވިޓަމިންސް އަދި މިނަރަލްސްގެ މާއްދާތައް އެކުލެވޭ ހަކަތަ ލިބިދޭ ކާނާއަކީ ލޮލުގެ ފެނުމަށް ވަރަށް މުހިންމު ތަކެއްޗެވެ. އެ ބާވަތްތައް ހިމެނޭ ކާނާގެ ތެރޭގައި ފެހި ފަތާއި ތަރުކާރީ ހިމެނެ އެވެ. ޕްރޮޓިންއަކީވެސް ވަރަށް މުހިންމު މާއްދާއެކެވެ. އޭގެތެރޭގައި ކިރާއި، ބިސް އަދި ބްރޮކޮލީފަދަ ކާނާ ހިމެނެއެވެ. އެހެންކަމުން ކެއުމުގައި މިތަކެތި ބޭނުންކުރުމަކީ ލޮލުގެ ފެނުން ރަނގަޅުކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

ކަސްރަތުކުރުން

ކަސްރަތުކުރުމަކީވެސް ލޮލަށް ފައިދާތަކެއް ކުރާކަމެކެވެ. އެގޮތުން ކަސްރަތުކުރުމުން ލޮލަށް ލެޔާއި، އޮކްސިޖަން ގިނައިން ޕަންޕުކޮށްދީ ލޮލުގެ ބާރު ދަމަހައްޓާ ދޭނެ އެވެ.

ސްކްރީނަށް ގިނައިރު ނުބެލުން

ސްކްރީންގައި ހޭދަކުރާ ވަގުތު މަދުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް މަސައްކަތުގެ މާހައުލުގައި މިތަކެތި ބޭނުންކުރަންޖެހިޖެ ހާލަތެއްގައިވެސް ކޮންމެ ވިހި މިނެޓަކުން އެފަދަ ވަސީލަތެއް ބޭނުންކުރާއިރު މަދުވެގެން ވިހި ސިކުންތުގެ ބްރޭކެއް ނަގާށެވެ. ލިބޭ ގެއްލުން ކޮންމެސްވަރަކަށް ކުޑަކޮށްދޭނެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0