ރޭގަނޑު އަބަދު ފާހަނައަށް ދާންޖެހޭތަ؟ ހަދާނީ ކިހިނެތް؟

7 މާޗް 2022 - 13:56

ރޭގަނޑު ގަޑީގައި މާގިނައިން ކުޑަކަމުދާންޖެހުމަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. މިކަމާއި ގުޅިފައި ގިނަ ސަބަބުތަކެއް ހުރެދާނެއެވެ. އަދި ބައެއް ފަހަރު މިހެން ދިމާވާ ސަބަބު ދެނެގަތުމަށް އުނދަގޫވެސް ވެދާނެއެވެ.

ސަބަބު ދެނެގަނެވުމާއިއެކު މިކަމަށް ދެވިދާނެ ފަރުވާތައް ހުންނާނެއެވެ. އަދި ރޭގަނޑު ހަމަ ނިދި ހޯދުމަށް ކުރެވިދާނެ ކަންތައްތައްވެސް ހުރެއެވެ.

advertisement

ކުރިންވެސް ބުނިހެން ރޭގަނޑު ގަޑީގައި މާގިނައިން ފާހަނައަށް ދާންޖެހުން ގިނަ ކަންކަމާއި ގުޅިފައި ވެދާނެއެވެ. އަދި ފަރުވާކުރަންޖެހޭނީ އެކަމެއް ދެނެގަތުމަށް ފަހުގައެވެ. މިއީ އިންފެކްޝަންއެއްގެ ސަބަބުން މެދުވެރިވާ ކަމަކަށްވެސް ވެދާނެއެވެ. އެހެންކަމުން ޑޮކްޓަރުގެ ލަފާގެ މަތިން އެންޓިބަޔޮޓިކެއް ބޭނުންކުރެވިދާނެއެވެ.

އަދި މި މައްސަލަ ދިމާވަނީ ޕްރޮސްޓޭޓް އެންލާޖްވުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މިހެންނަމަ ސަރޖަރީއެއް ކޮށްގެން މިކަން ރަނގަޅުކުރެވިދާނެއެވެ. ރޭގަނޑު މާގިނައިން ކުޑަކަމުދިއުން އެހެން ބައެއް ސަބަބުތަކާއިވެސް ގުޅިފައި ހުރެއެވެ. އޭގެތެރޭގައި ހަކުރުބަލި، ކެންސަރު، ހިތުގެ މައްސަލައަކާއި ގުޅިގެންވެސް މިކަން ކުރިމަތިވެދާނެއެވެ.

ހަމަ ނިދި ހޯދުމަށް ކުރެވިދާނެ ކަންކަން:

ޑޮކްޓަރުން އިރުޝާދުދޭގޮތުގައި ރޭގަނޑުގައި ހަމަނިދި ހޯދައި ރަނގަޅަށް ނިދުމަށްޓަކައި ކެޕެއިން ބޭނުންކުރާ މިންވަރު މަދުކުރަންޖެހެއެވެ. އަދި ރޭގަނޑު ނިދުމުގެ ކުރިން ދިޔާތަކެތި ބުއިން މަދުކުރުމަކީވެސް ހަމަނިދި ހޯދުމަށް ކުރެވިދާނެ ކަމެއްކަމަށް ވަނީ ބުނެފައެވެ. އެގޮތުން ރޭގަނޑު ނިދަން ކައިރިކޮށްފައި ދިޔާތަކެތި ގިނައިން ބޯނަމަ ނިދަން އޮށޯވެފައި ކުޑަކަމުދާން ޖެހޭ މިންވަރު އިތުރުވެއެވެ. އަދި ނިދަން ކައިރިކޮށްފައި ފެން ގިނައިން އެކުލެވޭ މޭވާ ކެއުމާއި ދުރުވުމަކީވެސް މުހިންމު ކަމެކެވެ. އޭގެތެރޭގައި:

  • މެލަން
  • ކިޔުކަންބާ
  • ކްރޭންބެރީ ޖޫސް
  • ސޯޑާ
  • ސޫޕް
  • ލެމަނޭޑް، އޮރެންޖް ޖޫސް، ގްރޭޕްޕްރުޓް ޖޫސް
  • ޓޮމާޓޯ
  • ކުޅި ކާނާތައް
  • ފޮނިއެއްޗެހި
  • ޗޮކްލެޓް
ރިއެކްޝަންސް
1
2
0
1
1
2
0