ބައެއް ފަހަރު އަހަރެން ފިރިމީހާއަށް ނަފްރަތު ކުރަނީ ކީއްވެހެއްޔެވެ؟

19 މާޗް 2022 - 12:59

މީހަކާ ކައިވެނިކުރާއިރު، އާދަކާދައިގެ ގޮތުން “ހެޔޮކަން ބޮޑު ނުވަތަ ގޯސް” މި ބަސް ތަކަކީ އާދަކާދައިގެ ގޮތުން ނަދުރުތަކުގައި ހިމަނާފައިވާ ބަސްތަކެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން “ނުވަތަ އެއަށްވުރެ ވެސް ގޯސް” މި ބަސް ނަގަނީ ބަލިވުން، ވަޒީފާ ގެއްލިގެން ދިއުން، ނުވަތަ މާލީ މައްސަލަތައް ފަދަ ދިރިއުޅުމުގެ ހާލަތުތައް މާނަކުރާ ގޮތުންނެވެ.

ރުޅިއަންނަ ވަގުތު ކައިވެނިކުރި މީހާގެ ޝަހުސިއްޔަތާއި އަހުލާގާއި އެކި ކަންކަމަށް ރިއާޔަތްކޮށް ބުނެވޭ ކުޑަ ކުޑަ ބަހަކުން އޭނާ ހިތުގައިޖެހޭނީ ކިހާ މިންވަރަކަށް ކަމެއް ގިނަ ފަހަރު ދެނެއެއް ނުގަނެވެ އެވެ.

advertisement

އެއްވެސް މީހަކު އެއްދުވަހަކު އަނބިމީހާއަށް ނަފްރަތުކުރަން ބޭނުންވެގެން ކައިވެނިކުރަން ނުދާކަމަށާއި ނަމަވެސް ޒަމާނާއެކު އެފަދަ އިހުސާސްތަކެއް ކުރަން ފަށާ ފަދަ ކަންކަން ވެސް ދިމާވެދާނެ ކަމަށެވެ. މިގޮތަށް އިހުސާސް ކުރެވެނީ ކީއްވެގެންކަމާއި އެކަމުގެ އަޑީގައިވާ އިހުސާސް ދެނެގަނެވުނީމާ، އެ އިހުސާސްތައް ހައްލުކުރަން ފެށިދާނެ އެވެ. އަނބިމީހާ ނަފްރަތުކުރާނަމަ އަދި މި އިހުސާސް ދަމަހައްޓައިފިނަމަ އެންމެ ރަނގަޅު ގޮތަކީ ކުރިއަށް ދިއުމަށް ޕްރޮފެޝަނަލް އެހީ ހޯދުމެވެ.

ފިރިމީހާއަށް ނަފްރަތު ކުރާނަމަ އަހަރެން ކީއްކުރާނީ؟

ފިރިމީހާއަށް ނަފްރަތު ނުކުރުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ހާލަތު ރަނގަޅަށް ދިރާސާކުރުމެވެ. ފިރިމީހާ އަށް ތިބާގެ އިހުސާސްތަކަށް ނުފޫޒު ފޯރުވިދާނެ ފަދަ ބޭރުފުށުގެ އެއްވެސް ކަމަކަށް ބަލާ، އެ އިހުސާސްތަކުގައި ތިބާގެ ދައުރު ތަހުލީލުކޮށްލާށެވެ. ދެން ފާހަގަވެފައި ހުރި ފެކްޓާސްތަކަށް އެޑްރެސްކޮށް ކައުންސެލަރެއްގެ އެހީ، ފަރުދީ ގޮތުން ނުވަތަ ދެމަފިރިންގެ ހައިސިއްޔަތުން އެކުގައި ލިބުމަކީ ކާމިޔާބުގެ ރޭޓް ވަރަށް މަތީ ދަރަޖައަކަށް އޮތް ކަމެކެވެ. ގިނަ ދެމަފިރިންނަށް ރިލޭޝަންޝިޕް މައްސަލަތަކުގެ ތެރެއިން މަސައްކަތް ކުރުމަށް އެހީތެރިކަން ލިބެ އެވެ. އެހެންކަމުން މިގޮތަށް އިހްސާސް ކުރެވޭނަމަ އެހީ ހޯދުމަކީ ގިނަ ފަހަރަށް ނުހަނު ފައިދާ ހުރި ކަމެކެވެ. އެގޮތުން ދިރާސާތަކުން ދައްކާ ގޮތުގައި އޮންލައިން ތެރަޕީއަކީ ދެމަފިރިން ހަރުދަނާ ކުރުމަށް ވަރަށް ބާރުގަދަ ވަސީލަތެކެވެ.

ދެމަފިރިންގެ މެދުގައި ދެބަސްވުންތައް އުފެދެން މެދުވެރިވާ އާންމު ސަބަބުތައް:

ކޮންމެ ރިލޭޝަންޝިޕެއް ތަފާތުވާއިރު، ކައިވެނިކުރާ ދެމަފިރިންނަށް ކޮންމެވެސް އިރެއްގައި އެތައް ކަމެއް ބުރޫ އަރައެވެ. އެގޮތުން ހެނދުނު ހޭލާ ގޮތަށް ދެވޭ ކިސް، ނުވަތަ ދޮނެއް ދިނުމުގެ ކުރިން ދަތް ނޫނގުޅާ ހުރި ނަމަ ބައިވެރިޔާ ހިތްހަމަ ނުޖެހުމުގެ ފުރުސަތު ބޮޑެވެ. އެއީ އަނގައިން ވަސް ދުވުމަކީ ގިނަ އަންހެނުން އެހާ ގަޔާވާ ކަމަކަށް ނުވެ އެވެ. އެހެން ކަމުން މޯނިންގް ކިސް ދިނުމުގެ ކުރިން ދަތް އުނގުޅާން އާދަކުރާށެވެ.

އޭގެ އިތުރުން އެނދުމަތީގައި އޮވެގެން ފޮޑިޖެހުމާއި، ވަޒިފާގެ ސްޓްރެސް އާއި ޑޭޓަކަށް ނުގެންދިޔުން ފަދަ ކަންކަން ހިމެނެ އެވެ. އެހެން ކަމުން އަނބިމީހާ ގަޔާވާ ކަންކަން ދަނެ އޭނާ އަށް އެކަންކަން ފޯރުކޮށްދިނުމަކީ ދެމަފިރިންގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެ ކަމެކެވެ.

ފިރިމީހާދެކެ ނަފުރަތު ކުރުން ހުއްޓަންވީ ކިހިނެތް؟
ފުރަތަމަ ކަމަކަށް ފިރިމީހާ، އޭނާ ހުރި ގޮތުގައި ބަލައިގަންނަން ދަސްކުރާށެވެ. އަބަދުވެސް ޕޮޒިޓިވް ކަންކަމަށް ފޯކަސް ކުރާށެވެ. ކަންކަން ގޯސްވިޔަ ނުދީ ވާހަކަ ދައްކައިގެން ހައްލު ކުރުމަށް މަސައްކަތް ކުރާށެވެ. ހިތަށް އަރާ ކަންކަން ހިއްސާ ނުކުރެވޭނަމަ ޑައިރީއެއްގައި ލިޔާށެވެ.

ރިއެކްޝަންސް
1
2
4
0
0
0
2