ފެނަކަ: އިންތިހާބުތަކާ ދިމާކޮށް ވަޒީފާ ބިރުދެއްކުން އިންތިހާއަށް

21 މާޗް 2022 - 13:48

އަޅެ ސައީދު އަޅުގަނޑު މި ޕާޓީން ބޭރުކޮށްބަލަ. ސައީދު ތިޔަ ތަނަށް އާދެވުނު ގޮތް ސައީދު އަށްވެސް އޮޅުނީ. ސައީދު ތިޔަހާ މުނާފިގު ނުވެބަލަ. ދޮގު ނުހަދަ ބަލަ“, ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި މިހެން ވިދާޅުވުމުން މިކަން ގޯސްވެފައިވާ މިންވަރު ފާހަނގަވެއެވެ.

ޤައުމީ މަޖިލީހުގެ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ޕާޓީ ތެރޭގައި ގަދަވެފައި ވަނިކޮށް ނަޝީދު އެފަދަ ތުހުމަތުތަކެއް ކުރެއްވީ އެތައް މުވައްޒަފުންނަށް ވަޒީފާ ބިރުދެއްކައި ކޮށްފައިވާ ކޯލް ރެކޯޑިންގ ތަކެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

advertisement

އެމްޑީޕީގެ ގައްދޫ ދާއިރާގެ ރައީސްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިންނަވާ ސައީދުގެ ތާއީދު އޮތީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށެވެ.

“ފެނަކައަކީ މަނިކުފާނުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރާތި. ރަށްރަށުގެ ފެނަކަ މުވައްޒަފުންނަށް ބިރެއް ނުދެއްކޭނެ. ސައީދު އަޅުގަނޑު މި ޕާޓީން ވަކިކުރަން އުޅުނަސް، ފެނަކަ ހުރިހާ މުވައްޒަފުން އެކަމާ ނުރެހޭނެ،” ނަޝީދުގެ މެސެޖްގައި އިތުރަށް ލިޔުއްވާފައިވެއެވެ.
.
“ދެން ސައީދު މީހަކަށް ގުޅައިފި ނަމަ، އަޅުގަނޑު ފާޅުގައި ނުކުންނާނަން.“

ވަޒީފާ ބިރުދެއްކުން ހުއްޓާލުމަށް ވައުދުވެ އިންތިހާބުވެފައިވާ ސަރުކާރުން މިފަދަކަންކަން ކުރަމުންގެންދާއިރު, މިކަންކަމާމެދު ފިޔަވަޅެއް ނޭޅޭތީ ރައްޔިތުންގެ ކަންބޮޑުވުން ޝޯޝަލް މީޑިޔާގައި ދަނީ ފާޅުކުރަމުންނެވެ.

ކެމްޕޭންގެ އެކި ޖަލްސާތަކުގައި އިމްތިޔާޒު ފަހުމީ ގެންދަވަނީ އިދިކޮޅު ކެންޑިޑޭޓު ފައްޔާޒު ހޮވިއްޖެ ނަމަ ރައީސް ނަޝީދު އެމްޑީޕީ ބޭރުކޮށް ޕާޓީ އަތުލާނެކަުގެ އިންޒާރުދެއްވަމުން, މިއިންތިހާބު ކާމިޔާބުކުރުމަކީ ރައީސް ނަޝީދަށް އަލުން ޕާޓީ ހޯދައި ދިނުން ކަމަށް ވިދާޅުވަމުންނެވެ.

ރިއެކްޝަންސް
0
0
2
0
0
0
0