ދަރިވަރު ގެންނަންޖެހޭ ތަކެތި ޓީޗަރުން ބުނަންވީ ރޭގަނޑު ދަންވަރަކު ނޫން!

30 މާޗް 2022 - 10:57

ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ތަކެއްޗަކީ ދަިވަރުން ގެންނަންޖެހޭ ތަކެތިކަން އެންމެންވެސް ގަބޫލު ކުރެ އެވެ. އެކަމަކު ދަރިވަރު ސްކޫލަށް ދިޔުމުގެ ކުރިން ނުވަތަ އެ ހަފުތާއަކަށް ވާ ވަރަށް ކޮންމެ ދުވަހަކު ނަގައިދޭ ފިލާވަޅުތައް ޓީޗަރުން ހުންނަންޖެހޭނީ ރާވާފަ އެވެ. އެ ފިލާވަޅަށް ބޭނުންވާ ތަކެތި ހުންނަންވާނީ އެނގިފަ އެވެ. ގެއިން އެއްޗެއް ގެންނަންޖެހުނަސް އެކަން ދަރިވަރުންނަށް ކުރީބައިގައި ބުނެދެވޭ ވަރަށް ތައްޔާރުވާން ޓިޗަރުން ޖެހޭނެ އެވެ.

ފިލާވަޅު ތަކަކީ ކުއްލިއަކަށް ރާވާ ހިންގާ ފިލާވަޅުތަކެއް ނޫނެވެ. ދުރާލާ ޕްލޭނެއް ކުރެވެންޖެހޭނެ އެވެ. ޓިޗަރުންނަކީވެސް ބުރަކޮށް އުޅެ ބައެކެވެ. އެހެން ނަމަވެސް ރޭގަނޑު އެގާރަ ޖަހާ ބޮޑުވާ ފަހުން ދަރިވަރުން ޖެހިގެން އަންނަ ދުވަހު ގެންނަންޖެހޭ ތަކެތީގެ ލިސްޓެއް ފޮނުވުމުން ބެލެނެވެރިޔާ އެތަކެތި ހޯދާނީ ކިހިނެތް ހެއްޔެވެ؟

ބެލެނެވެރިން މިކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ސޯޝަލް މީޑިއާ އަށް ބައެއް ފަހަރު މެސެޖު ދޫކޮށްލަ އެވެ. އެގޮތުން ރޭ ބެލެނެވެރިޔަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރޭގަނޑު 23:30 އަކީ ދަރިވަރުން ސްކޫލަށް ދާން ޖެހޭ ނުވަތަ ސްކޫލަށް ގެންނަން ޖެހޭ އެއްޗެއް ބުނެދީ މެސެޖުކޮށް، އެ ކަމެއް ކިޔައިދޭން ގަބޫލުކުރެވޭ ވަގުތެއް ނޫން ކަމަށް ޓީޗަރުންނަށް މީހަކު ބުނެދެވިދާނެ ހެއްޔެވެ؟

މިކަން މިހާރު ހައްދުފަހަނަ އަޅާއި ގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މި ޓުވީޓަށް ރިޕްލައި ކޮށްފައިވާ ގިނަ މީހުންވެސް ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ރިއެކްޝަންސް
0
2
0
0
2
2
1