މިފަހަރު ރޯދަ ވީއްލަން ކްރޮސްރޯޑްސްއަށް ދާކަހަލަ އެއްނު!

31 މާޗް 2022 - 11:02

ރޯދަމަހުގައި އާއިލާ އާއި ރަހުމަތްތެރިންނަށް ވަގުތު ދިނުމަށް ވުރެ ރަނގަޅު އިހްސާސެއް ކުރެވޭ ހެއްޔެވެ؟ ރޯދަވީއްލުން ތަކަށް ހިތްގައިމު ހިތްފައްސޭހަ މާހައުލެއް ހިޔާރު ކުރައްވާނަމަ ކްރޮސްރޯޑްސް މޯލްޑިވްސްގެ އައުޓްޑޯ ސްޕޭސްގެ ހިތްފައްސޭހަކަން ތަޖުރިބާކޮށްލުން މިއީ ސަޅި ކަމެކެވެ.

އާއިލާ އާއި ރަހުމަތްތެރިންނާއެކު ބޮޑު ގުރޫޕެއް ހަދާލައިގެން މަޖާކޮށްލަން ދިޔުމަކީވެސް ރޯދަ ކުރުކޮށްލަން ސަޅި ކަމެކެވެ. މިފަހަރު ކްރޮސްރޯޑުން މިއޮތީ މަދުވެގެން 50 މީހުންނާއެކު ރޯދަވީއްލުމަށް ހާއްސަ އިފްތާރު މެނޫ ހަދާފަ އެވެ. މެނޫތަކާއި ބަލާފައި އަގުވެސް ހަމަ އެންމެ ރަނގަޅެވެ.

advertisement

އެގޮތުން ކްރޮސްރޯޑުގެ އިފްތާރު މެނޫ އިން ބޮލަކަށް މި ޖެހެނީ 693 ރުފިޔާ އެވެ. އެކަމަކު ދުރާލާ ރިޒަވޭޝަން ހަދަން ވާނެ އެވެ. އިވެންޓް ހޯލް އަދި މާކީ (އައުޓްޑޯ) ގައި ގްރޫޕް ބުކިން އަދި ޕްރައިވެޓް އިވެންޓްތަކަށް އެޕްލައި ކުރެވޭ އިފްތާރު މެނޫ އަކީ ހަމައެކަނި، ޓާމްސް އެންޑް ކޮންޑިޝަންސް އަށް ފެތޭ މެނޫއެކެވެ.

މިހާރުންފެށިގެންވެސް ރިޒަވޭޝަން ހައްދާލެވޭނެ ކަމަށް ކްރޮސް ރޯޑުން ބުންޏެވެ.

ރިސާވްކުރުމަށް މިސް އަފާ ސައީދަށް ގުޅާލައްވާ: +960 7306182

އަދި އިތުރު މަޢުލޫމާތުހޯދުމަށް އީމެއިލް ކުރައްވާ: afa.s@crossroadsmaldives.com

ރިއެކްޝަންސް
2
2
3
8
1
1
4