ކަނޑޫދޫ މިރުސް ބްރޭންޑް އިތުރަށް ފުޅާކުރުމަށް އުރީދޫއިން ރޯދަ އަށް ޙާއްސަ ކެމްޕެއިނެއް ފަށައިފި

2 އެޕްރީލް 2022 - 10:07

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ޙާއްޞަ ކެމްޕޭންއެއް ތައާރަފުކުރެއެވެ. ދިވެހި ސަގާފަތާއި، އާދަކާދަތަކާއި، ތާރީހީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް، އެކުވެރިކަމާއި އޯގާތެރިކަމާއެކި އެކަކު އަނެކަކާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ރީތި މެސެޖަކާއެކުއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އުރީދޫގެ ރޯދަ ކެމްޕެއިން ވަނީ ހާއްސަ ރަހަތަކުން ފުރިފައެވެ. މި ކެމްޕެއިން ޙާއްސަ ކުރެވިފައިވަނީ ދިވެހިންގެ ހިތްތަކުންނާއި ބަދިގެތަކުން ޖާގަ ހޯދައިފައިވާ ކަނޑޫދޫ މިރުހަށެވެ.

މި ކެމްޕޭންގައި އެންމެ އިސްކަމެއް ދެނީ ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ގާއިމްކޮށް، މި ޕްރޮޑަކްޓް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށެވެ. ކެމްޕޭން މިއަދު އިފްތިތާހުކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަލްފާޟިލާ އަފްޝަން ލަތީފާއި، ކަނޑޫދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ރީހާންއާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މިސްޓަރ ޚާލިދު އަލްޙަމާދީ ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި، ކަނޑޫދޫ ކައުންސިލްގެ ޢިއްޒަތްތެރި މެހެމާނުން ބައިވެރިވި ޚާއްޞަ ހަފްލާއެއްގައެވެ.

advertisement

ދިވެހި މި މިރުހުގެ މަގްބޫލުކަމާއި ހާއްސަކަމުގެ މައްޗަށް ބިނާކޮށް، ކަނޑޫދޫ ކައުންސިލާ އާއި ގުޅިގެން އުރީދޫ ގެ ރަމަޟާން ކެމްޕެއިން ގެ ދަށުން މި މިރުހަށް ހާއްސަ ބްރޭންޑެއް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ އާއި ވެބްސައިޓެއް ހިމެނޭގޮތަށް ބްރޭންޑެއް ގާއިމް ކޮށްފާވަނީ ކަނޑޫދޫ ގެ ރައްޔިތުން އާ ފުރުސަތުތަކާއި، އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާ ގުޅުވާލަދިނުމުގެ މަގްސަދުގައެވެ. ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއްވެސް ތައާރަަފްކޮށްފަައެވެ. މި ހޮޓް ސޯސް ގެ ބާވަތްތަަައް ތަައްޔާރުކުރެވިފަައިވަނީީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނަަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށްވެސް ކަމުދާނެހެންނެވެ. ކަނޑޫދޫ މިރުސް ހޮޓް ސޯސް ބަައްލަަވަައިގަންނަން ބޭނުންވާ ފަރާާާތްތަަކަަަށް ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމަަރސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ބަަަަައްލަވަަިގަަނެވޭނެއެވެ.

“މިއަހަރުގެ ރަމަޟާން މަހަށް އަަޅުގަަނޑުމެންް މިވަަަނީ ކަނޑޫދޫ ކައުންސިލާއި ގުޅިގެން ދިވެހި އުފެއްދުމެއްކަަމަަށް ވާ ކަނޑޫދޫ މިރުހުގެ ނަން އިތުރަށް ވަަރުގަދަަަކޮށް ރާއްޖެ އާއި ބަައިނަަަަލްއަގްވާާމީ މާކެޓުތަކުގަައި ޕްރޮމޯޓްކުރުމަށް ހާއްްސަ ބްްްރޭންްޑްއެއްް ގާާއިމްކޮށްފައެވެ. އަަޅުގަނޑުމެންގެ މައިގަނޑު މަގްސަދަަކަށްވީ ކަަނޑޫދޫގައި ހެދޭ މި ހާާއްސަ މިރުހުގެ ފުރިހަަމަަަ މަަންފާާ ރަަށުގެ ރައްޔިތުންނަަށް ހޯދުމުގެ ފުރުސަަތުތަަކާއެކު ރަށުގެ އިގްތިސާާދީ އަދި އިޖްތިމާއީ ކުރިއެރުން ފަހިކޮށްދިނުމެވެ. މި ޕަަރޓްނަރޝިޕާާއެކު ކުރިއަަށްއޮތް ތަަނުގަައިވެސް ކަނޑޫދޫ ރައްޔިތުންނާާއެކު މި ބްރޭންޑް އިތުރަށްް ކުރިއެރުވުމުގައި ދެމިތިބޭނެ ކަަމުގެ ޔަަގީންކަންް އަަރުވަމެވެ.” މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

“އުރީދޫ ގެ އިސްނެގުމުގެ ދަަށުން މިއަަަަދު މި ލޯންޗްކުރެވުނު ކެމްޕެއިނަކީ އެލްޖީއޭގެ ސްޓްރެޓީޖިކް އަމާޒުތަކާއިވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއް. އުރީދޫ މޯލްޑިވްސްއާއި ކަނޑޫދޫ ކައުންސިލުނ ގުޅިގެން މި ކުރެވުނު މަސަައްކަަަަތަަކީ ރާއްޖޭގެ ރަށްރަށުގެ މުޖުތަަމަައުތަކުގެ އިޤްތިސާދު ކުރިއެރުވުމަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގަަަައި ކުންފުނިތަކުގެ ބަައިވެރިވުމުގެ މުހިންމުކަން ދަަައްކުވައިދޭ ނަމޫނާ ޕަރޓްްްނަރޝިޕެއް.” ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަލްފާޟިލާ އަފްޝަން ލަޠީފް ވިދާޅުވިއެވެ.

“އުރީދޫ ފަދަ މަލްޓިނޭޝަނަލް ކުންފުންޏެއްގެ އިސްނެންގެވުމުގެ މަތިން ބްރޭންޑެއްގެ ގޮތުގައި ކަނޑޫދޫ މިރުސް ޕްރޮމޯޓް ކުރުމުގެ ކެމްޕެއިންއެއް ކުރިޔަށް ގެންދިޔުމަށް ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކީ، އަޅުގަނޑުމެން އުފަލާއިއެކު މަރުހަބާކިޔާ ކަމެއް. މިކެމްޕެއިންގެ ތެރެއިން ކަނޑޫދޫ މިރުހުން އުފައްދާފައިވާ ސޯސްއެއް ‘ކަނޑޫދަު މިރުސްގެ’ ނަމުގައި ވަނީ މާކެޓަށް ނެރެވިފަ. އަދި މިސޯސް އާއި ކަނޑޫދޫ މިރުސް މާކެޓް ކުރުމަށްޓަކައި، ކަނޑޫދޫ މިރުސް.ކޮމް ގެ ނަމުގައި ހާއްސަ ވެބްސައިޓެއް މިވަނީ ލޯންޗް ކުރެވިފަ. މިފަދަ ކޮންމެ ކަމަކީ އެކަމުގެ މަންފާ އާއި ހެޔޮ ބަދަލު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ރައްޔިތުންނަށް ލިބިގެންދާނެ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ބްރޭންޑެއްގެ ގޮތުގައި މާކެޓަށް މިނެރެވުނު ކަނޑޫދޫ މިރުހުން ލިބޭނެ މަންފާ ތަކަކީ ކޮބާތޯ ހޯދާ ބަލާ، ކަނޑޫދޫގައި ހައްދާ ކުޅި މިރުހުގެ މަންފާ ކަނޑޫދޫ ރައްޔިތުންނަށް އޭގެ އެންމެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުން.” ކަނޑޫދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ރީހާން.

2001 ވަނަ އަހަރުން ފެށިގެން ކަނޑޫދޫ މިރުސް ވަނީ އޭގެ ތަފާތު ރަހަަަަައާާއި ވަަަސް އަަަަަދި ހާާއްސަަަ ކުޅިކަމަަށްޓަކައި ރާއްޖޭގެ އެކި ކަަންކޮޅުތަކުގަައިވެސް ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައެވެ. ކަނޑޫދޫ މިރުހަަަކީ ތ.އަތޮޅު ކަނޑޫދޫގައި ހެދޭ ގިތެޔޮ މިރުހުގެ ތަފާތު ބާވަތެކެވެ. މުޖުތަަަމަައުގެ ކުރިއެރުމަަށް މަަަަސައްކަަަތްްކުރާާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އަކީ ދިވެހިންގެ ކުރިއެރުމަަަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެކެވެ. އެގޮތުން ބްރޭންޑް ކުރުމުގެ މުހިންމުކަަން ފާހަަގަކޮށް އުރީދޫ މޯލްޑިވްސް އިން ކަނޑޫދޫ ކައުންސިލާ ގުޅިގެން މި މަސައްކަތް ފަށާާާފައިމިވަަނީ ކަނޑޫދޫ މިރުސް އަައު ހަަަރުފަތަަަަކަަށް ގެންދިއުމުގެ މަަގްސަަަދުގަަައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0