އަންހެންވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ފިރިހެން ދަރިން ރެއިސްކުރުން

26 އެޕްރީލް 2022 - 16:18

މި ޕޯސްޓުގައި އަޅުގަނޑުމެން “ފެމިނިސްޓް” އޭ ބުނުމުން ދޭހަވާ މާނައަކީ: “އަންހެނުންނަށް ވެސް ފިރިހެނުންނެކޭ އެއްފަދައިން ފުރުސަތުތަކާއި އިހްތިޔާރުތައް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރުން” އަންހެނުންގެ ހައްގުތަކަކީ އަޅުގަނޑުމެން ދައްވަންޖެހޭ ވާހަކަ އެވެ. އެއީ، އަންހެނުންގެ ހައްގުތަކާއި އިޖްތިމާއި މަސަލަސްކަން އޮތީ ގުޅިލާމެހި ކަމުގައިވާތީ އެވެ.

އަންހެނުންގެ ހައްގުތަކަށް ވާކާލާތުކޮށް އެހައްގުތަކަށް އިހްތިރާމް ކުރުމަކީ ފިރިހެނުންނަށް ވެސް ކުރެވޭނެ ކަމެކެވެ. އަދި އަންހެންވެރިންގެ ހައްގުތަކަށް އިހްތިރާމް ކުރަން ފިރިހެނުންނަށް ދަސްކޮށްދެން ފަށަންވީ އެމީހުން އެންމެ ކުޑައިރުއްސުރެ ކަމުގައި މާހިރުން ދެކެ އެވެ.

advertisement

އަމިއްލަ ޕޮޓެންޝިއަލް ވެސް މެކްސިމައިޒް ކުރާއިރު ވީހާވެސް ގިނަ ވަގުތު ދަރިންނާއެކު ވަގުތު ހޭދަކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރެވޭނެ އެވެ.

މި ވާހަކަ ފެށުމަށްޓަކައި، އަޅުގަނޑުމެން މައިންގެ ހައިސިއްޔަތުން ފަށަންޖެހޭނީ ހިތާމަވެރި ހަގީގަތަކުން: އަންހެނުންނަކީ އަދިވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި ފިރިހެނުންނެކޭ އެއްފަދައިން ހަމަހަމަ ގޮތެއްގައި ބަލައިގަންނަ ބައެއް ނޫނެވެ.

އަންހެން ކުދިންނާއި ފިރިހެން ކުދިން ހަމަހަމަ:
ދަރީން ގޭގައި ތަރުބިއްޔަތު ކުރާއިރު ބައެއް ފަހަރު އަންހެން ދަރިއާއި ފިރިހެން ދަރި އަހަރުމެންނަށްވެސް ތަފާތުކުރެވޭ. މިސާލަކަށް ކައި ނިމި، ތަށި ދޮންނަށް ޖެހޭނީ އަންހެން ކުއްޖާއެވެ. ފިރިހެން ކުއްޖާ ތަށިދޮވެގެން ނުވާނެ އެވެ. އަދި ހަމަ އެގޮތުން ގޭގައި ލާ އަންނައުނު ދޮންނަނީ ކިތަށް ފިރިހެން ދަރީންތޯ އެވެ؟ ދިވެހި މުޖުތަމައުއިން މިކަހަލަ ކުދި ކުދި ތަފާތުކުރުންތަށް އަހަރުމެން ހުއްޓާލަން ޖެހެ އެވެ.

ރިއެކްޝަންސް
1
0
0
0
0
0
2