ބޯހިމެނުން މުހިންމު ވަނީ ކީތްވެ؟

3 މެއި 2022 - 9:17

ބޯހިމެނުން ނުވަތަ ސެންސަސް އަކީ އާބާދީއާއި އަދި އެނޫންވެސް މުހިންމު މައުލޫމާތު އެއްކުރުމަށް ކުރާ މަސައްކަތެކެވެ. ދުނިޔޭގެ ހުރިހައި ހިސާބެއްގައިވެސް ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފަވަނީ 2014ވަނަ އަހަރުއެވެ. ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ އާބާދީ ދެނެގަނެ، ކުރިމަގުގައި ކަންކަން ރޭވުމުގައި ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޤާނޫނުން ލާޒިމުކުރަނީ ކޮންމެ 5އަހަރަކުން 1 އަހަރު މުޅި ރާއްޖެ ހިމެނޭހެން ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ މަސައްކަތް ތަފާސްހިސާބާއިބެހޭ ޤައުމީ އިދާރާއިން ދަނީ ކުރަމުންނެވެ.

advertisement

އަންނަ އަހަރުގެ 17 ސެޕްޓެމްބަރުގައި ފަށާ ދިވެހިރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތަށް މަޢުލޫމާތު އެއްކުރުން ކުރިއަށްދާނީ ސެޕްޓެމްބަރު 30ގެ ނިޔަލަށެވެ. ރާއްޖޭގެ އާބާދީއާ ބޯހިމެނުމުގެ ބައެއް މަޢުލޫމާތުތައް އޮކްޓޯބަރު 6 ވަނަ ދުވަހު އާއްމުކުރާނެއެވެ. އަދި މުޅި ސަރވޭގެ މަޢުލޫމާތު ޙާމަކުރާނީ ޤައުމީ ތަފާސްހިސާބުތަކުގެ ދުވަސްކަމަށްވާ އޮކްޓޯބަރު 20ގައެވެ.

ބޯހިމެނުން މުހިންމު ވަނީ ކީތްވެ؟

ބޯހިމެނުމަކީ ޤައުމުގެ މުހިންމު ކަންކަން ނިންމުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސިޔާސީ ކަންކަމުގައިވެސް ބޯހިމެނުން މުހިންމެވެ. އަދި ރަށްރަށުގެ ތަރައްޤީގައިވެސް ބޯހިމެނުމަކީ މުހިންމު ކަމެކެވެ. އާބާދީގައި ވަކި އަދަދަކަށް މީހުން ހަމަވުމުން އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެއެވެ. އެހެންކަމުން ކައުންސިލްތަކަށް އައްޔަންކުރާ މީހުންގެ އަދަދަށްވެސް ބަދަލުތަކެއް އާދެއެވެ. އެހެންކަމުން މިއީވެސް ބޯހިމެނުމުގެ މުހިންމު އެއް ބޭނުމެކެވެ.

ބޯހިމެނުނަށް އެއްކުރާ މައުލޫމާތުގެ އަލީގައި ތަރައްޤީގައި ބޭނުންވަނީ ކޮންކަމެއްތޯ ދެނެގަނެވެއެވެ. މީގެ ސަބަބުން ރަށްތަކާއި ސިޓީތައް ތަރައްޤީކުރަންވީގޮތް އެއިރެއްގައި އޮންނަ ސަރުކާރަކަށް ފަހުމުވެގެންދެއެވެ.

ބޯހިމެނުމަކީ އިޤްތިޟާދީގޮތުންވެސް ޤައުމުގެ މުހިންމު މައުލޫމާތުތަކެއް އެއްކުރާ އެއްޗެކެވެ. އަދި ތިމާވެއްޓާއި އާބާދީއާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ބޯހިމެނުމުގައި ހިމަނައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0