ދިރިއުޅުމުގެ މުހިންމު ކަންކަން ވަޒީފާއަށް ގުރުބާންކުރާކަށް ނުޖެހޭ

3 މެއި 2022 - 11:14

ވަޒީފާގައި މާބޮޑަށް ބިޒީވެގެން ދިރިއުޅުމުގެ މުހިންމު އެހެން ކަންކަމަށް ވަގުތު ނުދެވުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ވަޒީފާގައި ބިޒީވެގެން އާއިލާއާއި ރަހުމަތްތެރިންނާއި އަދި ތިމާގެ އަމިއްލަ ނަފްސަށްވެސް ވަގުތު ނުދެވުމަކީ މިފަދަ މީހުންނަށް ދިމާވާ މައްސަލައެކެވެ. އަބަދުވެސް އޮންނާނީ ވަޒީފާގެ ކޮންމެވެސް ކަމެެއްގައި އަވަދިނެތި އުޅެންޖެހިފައެވެ. ތިމާގެ ވަޒީފާ ނުވަތަ ކެރިއަރަށް މާބޮޑަށް ޕޯކަސް ކުރުމުގެ ސަބަބުން ދިރިއުޅުމުގައި އެންމެ މުހިންމު ކަންކަމާއި ދޭތެރޭގައި އޮންނަނީ ފަރުވާކުޑަކުރެވިފައެވެ.

މާބޮޑަށް ވަޒީފާގައި ބިޒީކޮށް އުޅެންޖެހުމުގެ ސަބަބުން އާއިލާއާއި ލޯބިވާ މީހުންނާއި ދުރުވެ ގުޅުންތައް ހީނަރުވެގެންދެއެވެ. 30 އަހަރު ވަންދެން މިކަމާއިގުޅޭ ދިރާސާކުރުމަށްފަހު ޑރ. ސްޓީވާޓް ފްރައިޑްމަން ބުނަނީ އަހަރެމެންގެ އަމިއްލަ ދިރިއުޅުމުގައި އަހަރެމެންނަށް އެންމެ މުހިންމު ކަންކަން ވަޒީފާއަށް ނުވަތަ ކެރިއަރަށްޓަކައި ގުރުބާންކުރަން ނުޖެހޭކަމަށެވެ.

advertisement

އޭނާ ބުނެފައިވަނީ ސްޓްރެސް ދަށްމީހާ ދިރިއުޅުމުގެ ހުރިހައި ކަމެއްގައިވެސް ކާމިޔާބުވާކަމަށެވެ. ނަމަވެސް މިއަދު ގިނަފަހަރު ފެންނަނީ މިގޮތަކަށްނޫނެވެ. މަސައްކަތުގެ މާހައުލުގައި ގިނަ މީހުންނަކީ ވަރަށް ބޮޑަށް ސްޓްރެސްއާއި ކުރިމަތިލާންޖެހޭ މީހުންނެވެ. މީގެ ސަބަބުން އަމިއްލަ މީހާގެ ސިއްހަތަށް އަޅާނުލި ނޭދެވޭ އަސަރުކުރާ ފަަރުވެސް އާދެއެވެ.

ޑރ. ސްޓީވާޓް ފްރައިޑްމަން ބުނަނީ ހޯދުންތައް ދައްކާގޮތުން ދިރިއުޅުން އުފާވެރިވެގެންދަނީ މި 4 ކަންތަކަށް އެއްވަރަކަށް ވަގުތު ހޯދުމުންކަމަށެވެ. އެއީ ކެރިއަރާއި، އާއިލާއާއި، މުޖްތަމައުއާއި އަދި އަހަރެމެންގެ އަމިއްލަ ނަފްސުކަމަށެވެ. އެހެންކަމުން ހަމައެކަނި ވަޒީފާއަށް ވަގުތު ދޭމީހަކީ ކާމިޔާބު މީހަކަށް ނުވެއެވެ.

އެހެންކަމުން ވަޒީފާގައި އަބަދު ބިޒީކޮށް އުޅޭމީހުންވެސް މިކަންކަމަށް ވިސްނާލާ ދިރިއުޅުމާއި އަމިއްލަ ނަފްސަށް ވަގުތު ހޯޑުމަކީ ވަރަށް މުހިންމު ކަމެކެވެ. ކާމިޔާބީއަކީ ހަމައެކަނި ފައިސާއެއް ނޫނެވެ.

ރިއެކްޝަންސް
3
23
0
2
1
0
1