މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ކޯޑު ފޯރ ކްލައިމެޓް  ޕްރޮގްރާމު ރ.ދުވާފަރަށް

5 މެއި 2022 - 12:15

މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުވައި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ތިމާވެށްޓައް ދެމެހެއްޓެނިވި އީޖާދުތައް އުފައްދަން މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ވިމެން އިން ޓެކް މޯލްޑިވްސްއިން “ކޯޑު ފޯރ ކްލައިމެޓް” ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބައި އަމާޒު ކުރަނީ ރ.ދުވާފަރު އުމުރުން 13 އަހަރާއި 16 އަހަރާއިދެމެދުގެ އަންހެންކުދިންނަށެވެ. ދުވާފަރުގައި ހިންގާ މިޕްރޮގްރާމްއަކީ ޖޯލި މޯލްޑިވްސްގެ އެހީއާއެކު ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ކޯޑު ފޯރ ކްލައިމެޓްއަކީ 1 މަސްދުވަހުގެ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ކޮމްޕިއުޓަރ ކޯޑިން ތައާރަފުކޮށް ޕައިތަން ލެންގުއޭޖުގެ އިތުރުން މެޝިން ލާރނިންގްގެ ދާއިރާވެސް ތައާރަފް ކޮށްދެވޭނެއެވެ. މިޕްރޮގްރާމު ނިމިގެން ދާއިރު ދަސްކުރެވުނު ކޯޑިންގް ބައިތައް ބޭނުން ކޮއްގެން މޫސުމީ ބަދަލާއި ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަން ވިސްނާނެ ގޮަތާއި  ޓެކްނޮލޮޖީގެ ބޭނުން މިކަމުގައި ބޭނުންކުރާނެގޮތް އެނގިގެންދާނެއެވެ. އޮންލައިން ސެޝަންތަކާއި ފިޒިކަލް ކްލާސްތައް ހިމެނޭގޮތަށް ހިންގޭނެ މިޕްރޮގްރާމުގެ ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ސެޝަންތައް ފެށުމަށް ހަމަޖެހިފައިވަނީ  8 މެއި 2022 ވަނަދުވަހުއެވެ. މިޕްރޮގްރާމުގައި ރަޖިސްޓްރީ ވުމަށް ވިމެން އިން ޓެކްގެ ވެބްސައިޓް އަށް ޒިޔާރަތް ކޮށްލައްވާށެވެ

https://www.womenintechmv.org/

ވިމެން އިން ޓެކް މޯލްޑިވްސްއަކީ ސައިންސްއާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންނާއި އަންހެންކުދިން އިތުރުކޮށް ބާރުވެރިކޮށް އަދި އެމީހުންގެ މަސައްކަތް ފާހަގަކުރަން މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ.  މިޖަމްއިއްޔާއިން ދަނީ އަމިއްލަ ފަރާތްތަކާއި ސަރުކާރާއި ގުޅިގެން އަންހެންކުދިންނަށް މިދާއިރާގައި އެކި ފުރުސަތު ހޯދައިދެމުންނެވެ..

ރިއެކްޝަންސް
0
0
0
0
0
0
0