ރީތިގޮތުގައި ރަޙުމަތްތެރިކަމުގެ ގުޅުން ނިންމާލާނީ ކިހިނެތް؟

5 މެއި 2022 - 16:40

ރަހުމަތްތެރިކަމަކީ ތާއަބަދަށް އޮންނަ ވަރަށް ވަރުގަދަ ގުޅުމެކެވެ. ނަމަވެސް މިއީ ކޮންމެ ފަހަރަކު މިކަން އޮންނަ ގޮތެއް ނޫނެވެ. ބައެއް ފަހަރު ކިތަންމެ ބޭނުންނުވި ނަމަވެސް ރަހުމަތްތެރިކަމުގެ ގުޅުން ނިންމާލަންޖެހޭ ފަހަރު އާދެއެވެ.

ބައެއް ފަހަރު ރަހުމަތްތެރިކަމުގެ ގުޅުން ނިމުމަކަށް އަންނައިރު ގުޅުންތައް ނިމިގެންދަނީ އެންމެ އެކަށީގެންވާ ގޮތެއްގައެއް ނޫނެވެ. ހަމަނުޖެހުމެއްގެ ތެރޭގައި މި ގުޅުންތައް ނިމިގެންދާތަން ފެނެއެވެ. އެހެންނަމަވެސް އެންމެ ރަނގަޅުގޮތަކީ ރަހުމަތްތެރިކަމުގައި ދެމިތިބެން ނެތްނަމަ ރީތިގޮތުގައި 2 ފަރާތުންވެސް މި ގުޅުން ނިންމާލުމެވެ.

advertisement

ރަހުމަތްތެރިންނަކީ ތިމާއަށް ރަނގަޅުގޮތް ބުނެދޭންޖެހޭ ބައެކެވެ. ކުރިއަށްދާންވީ އެއްވެސް ކޮޅެއްނެތްނަމަ ރަނގަޅު ރަހުމަތްތެރިއަކީ މަގު ކޮށައިދޭ މީހަކަށް ވާންޖެހެއެވެ. ނަމަވެސް ބައެއް ފަހަރު މިއާއި ހިލާފަށްވެސް ކަންކަން މެދުވެރިވެއެވެ. އެ ރަހުމަތްތެރިކަމުގެ ގުޅުމަކުން ތިމާއަށް ފައިދާއެއް ނުވެ ގެއްލުން ލިބޭނަމަ އެންމެ ރަނގަޅު ގޮތަކީ އެގުޅުން ނިންމާލުމެވެ. ނަމަވެސް ރީތިގޮތުގައި އެ ގުޅުން ނިންމާލާނީ ކިހިނެތް ހެއްޔެވެ؟

ތެދުބަހުން ވާހަކަދައްކާ

ރަހުމަތްތެރިކަމުގެ ގުޅުން ނިންމާލަން ބޭނުންނަމަ ތެދުބަހުން އެކަމާއި ގުޅޭގޮތުން ވާހަކަދައްކާށެވެ. އެގުޅުން ކުރިއަށްނުދާކަމަށް ތިމާއަށް ފެންނަ ސަބަބުތައް ބަޔާންކޮށްދޭށެވެ.

މަޑުމަޑުން ވާހަކަދެއްކުން މެދުކަނޑާލުން

މިއީވެސް ބައެއް މީހުން ރަހުމަތްތެރިކަން ނިމުމަކަށް ގެންނަ ގޮތެކެވެ. މަޑުމަޑުން ވާހަކަދެއްކުން މަދުކުރަމުން ގޮސް ދުރުވުމެވެ.

ލިޔުމުން ގުޅުން ކަނޑާލުން

ބައެއް މީހުންނަކީ ކުރިމަތީގައި ވާހަކަދައްކަން ނުކެރޭ ނުވަތަ ފަސްޖެހޭ މީހުންނެވެ. އެހެންކަމުން ސިޓީއަކުން، މެސެޖަކުން ނުވަތަ ސޯސަލް މީޑިއާގެ މެދުވެރިކޮށްވެސް ގުޅުމެއް ނިމުމަކަށް ގެނެވިދާނެއެވެ.

ރަހުމަތްތެރިކަމުގެ ގުޅުމުގެ ސަބަބުން ތިމާއަށް ކިތަންމެ ގެއްލުމެއް ލިބުނު ނަމަވެސް އެ ގުޅުން ކަނޑާލުމުން ބައެއް މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވެ ރަހުމަތްތެރިޔާއާއިމެދު ވިސްނެއެވެ. އަދި މިކަމާއި މާބޮޑަށް ވިސްނޭ ފަހަރުވެސް އާދެއެވެ. މިކަމަށް މާބޮޑަށް ވިސްނި ކަމާގުޅޭ ފަރާތެއްގެ އެހީތެރިކަން ހޯދަން ޖެހިއްޖެ ހާލަތެއްގައި އެކަމާއި ފަސްނުޖެހި އެހީތެރިކަން ހޯދާށެވެ.

ރިއެކްޝަންސް
1
2
0
5
0
0
2