ބަލިބަލީގެ ފަރުވާއާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ

8 މެއި 2022 - 11:27

މެޑިކަލް ޓްރީޓްމަންޓާއި ގުޅޭގޮތުން އާންމުންނަށް އޮޅޭގޮތައް މައުލޫމާތުދޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަންޖެހޭކަމަށް ބުނެ ސޯސަލް މީޑިއާގައި މީހުން ޝުއޫރު ފާޅުކުރަން ފަށައިފިއެވެ. ބައެއް ބަލިބައްޔާއި ގުޅޭގޮތުންނާއި އަދި އެ ބަލިތަކަށް ވަކި ޓްރީޓްމަންޓެއް ނެގުމުން ރަނގަޅުވާކަމަށްބުނެ ބައެއް މީހުންގެ ވިޔަފާރި ޕްރޮމޯޓްކުރުމަށް ދަނީ ސޯސަލް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުކުރަމުންނެވެ.

ފަޒީ ހިޖާމާ ތެރަޕީން ބުނެފައިވަނީ އިންސިއުލިން ޖެހުމުގެ ބަދަލުގައި ހިޖާމާ ޖަހާ ނަތީޖާ ބެލުމަށެވެ. އެއް ސެޝަންއިން އަނެއް ސެޝަންއަށް ބަދަލު އަންނާނެކަމަށާއި ޑައިބެޓިކްއަކީ ހިޖާމާއިން ކޮންޓްރޯލް ކުރެވޭނެ ބައްޔެއްކަމަށް އޭނާ ވަނީ ބުނެފައެވެ. ބާރުގަދަ ބޭސްތައް ބޭނުންކުރުމުގެ ބަދަލުގައި ހިޖާމާ އިހްތިޔާރުކުރުމަށް އެމީހުން ކޮށްފައިވާ ސޯސަލް މީޑިއާ ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

މިކަމަށް ރައްދުދީ މަރިޔަމް ނަފް ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ ޓައިޕް 1 ޑައިބެޓިކްގައި އިންސިއުލިން ޖަހަނީ ޕެންކްރީސްގައި އެވަރަށް އިންސިއުލިން ނުއުފައްދައިދޭތީކަމަށެވެ. އެންމެ ދުވަހަކު އިންސިއުލިން ނުޖެހި ނަމަވެސް ފުރާނައަށް ނުރައްކާވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ފަޒީ ހިޖާމާއިން ތިބުނަނީ 20 ދުވަހުގެ ހިޖާމާ ސެޝަންއަށްފަހު އިންސިއުލިން ނުޖަހާ ޑެސްޓްކުރާށޭ ތޯ ވަނީ ސުވާލު އުފައްދާފައެވެ. އޭނާ ބުނެފައިވަނީ ތިއުޅެނީ ހަކުރުބަލި ހުންނަ މީހުން މަރާލަންތޯ ވަނީ ސުވާލުކޮށްފައެވެ.

އަޝްހާ ހުސައިން ކިޔާ މީހަކު މިކަމަށް ރައްދުދީ ބުނެފައިވަނީ ހުރިހައި އެންޖީއޯއެއް ގުޅިގެން ބަލިބައްޔާއި އެ ބަލިތަކަށް ދެވޭ ޓްރީޓްމަންޓާއި ގުޅޭގޮތުން ނުބައި މައުލޫމާތު ފަތުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ޕެޓިޝަނެއް ހުށައަޅަން ޖެހޭކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
2