ކައިވެނީގެ ގުޅުން ފިރިމީހާ ކޮންޓްރޯލް ކުރާކަން ގިނަ ފަހަރު ފާހަގައެއް ނުކުރެވޭ

10 މެއި 2022 - 13:14

ކާމިޔާބު ގުޅުމަކީ 2 މީހުންގެ ހިއްސާ އެ ގުޅުމެއްގައި އެއްވަރަކަށް އޮންނަ ގުޅުމެކެވެ. އެފަދަ ގުޅުންތަކުގައި ފައިސާ ހަރަދުކުރުމާއި، ޗުއްޓީ ހޭދަކުރަން ދާނެ ތަންތަނާއި ޗުއްޓީ ހޭދަކުރުމުގެ ޕްލޭންތައްވެސް ފައިނަލްކުރާނީ 2 މީހުންގެ މަޝްވަރާގެ މަތިންނެވެ.

advertisement

މިކަމާއި ގުޅޭގޮތުން ވަނީ ދިރާސާއެއްވެސް ކޮށްފައެވެ. މި ދިރާސާއިން ދައްކާގޮތުގައި ދިރިއުޅުމުގައި ކޮންމެވެސް އެކެއްގެ ކޮންޓްރޯލް ގިނަ ރިލޭޝަންޝިޕްތަކުގައި ބޮޑެވެ. ނަމަވެސް ދިދާސާއިން ވަރަށް އެހެން އާދަޔާ ހިލާފް ކަމެއްވެސް ވަނީ ފެނިފައެވެ. އެއީ ފިރެހެނުން އަންހެނުން ކޮންޓްރޯލް ކުރާނަމަ އޭގެ އަސަރު އެމީހުންނަށް މާބޮޑަށް ކުރާކަމެވެ. އަދި އެބިއުސްއަށް ދާހިސާބަށްވެސް ކަންކަން ދާކަމަށް ދިރާސާއިން ދައްކައެވެ.

ކޮންޓްރޯލް ކުރުން ގެވެށި އަނިޔާއާއި ގުޅޭ

ގެވެށި އަނިޔާގެ ވާހަކަދައްކާއިރު ވަރަށް ބައިވަރު ގޮތްގޮތައް ގެވެށި އަނިޔާ ލިބިދާނެއެވެ. ޖިސްމާނީގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ޖިންސީ ގޮތުންވެސް ގެވެށި އަނިޔާ ލިބިދާނެއެވެ. ކޯވިޑްގެ ޕެންޑަމިކްގެ ސަބަބުން ގެވެށި އަނިޔާގެ މިފަދަ ގުޅުންތައް ކުރިއަށްވުރެ ބޮޑަށް ހާމަވެގެންވެސް ދިޔައެވެ. ވަޒީފާތައް ގެއްލި، އާމްދަނީ ލިބޭނެގޮތްތައް ބަންދުގެ ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން މިފަދަ މައްސަލަތައް އިތުރުވެގެންވެސް ދިޔައެވެ.

ކޮންޓްރޯލްކުރާ ބައިވެރިއެއްގެ ކިބައިން ފެނިދާނެ ބައެއް އަލާމާތްތައް:

  • ތިމާގެ ޒާތީ މައުލޫމާތު ހޯދަން އުޅުން. މިސާލަކަށް ފޭސްބުކް ނުވަތަ އެނޫންވެސް ސޯސަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޕާސްވޯޑް ހޯދުން.
  • މެސެޖްކުރާ މީހުންނާއި ކުރާ މެސެޖް ބެލުން
  • އާއިލާއާއި ރަހުމަތްތެރިންނަށް ބައްދަލުކުރުން މަނާކުރުން
  • ސްކޫލަށް ނުވަތަ މަސައްކަތައް ދާން ހުރަސްއެޅުން

މާއަވަހަށް ރުޅިއައުން

ފައިސާ ހަރަދުކުރާ ގޮތް ބެލުމާއި އެކަމަށް ހުރަސްއެޅުން

ބައްޔެއް ހުންނަނަމަ ބޭސް ބޭނުންކުރުމަށް ހުރަސްއެޅުން

އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމުމުގެ އިހްތިޔާރު ނުދިނުން

އަނިޔާކުރުން

ރުޅިއައުމުން އަމިއްލަ ނަފްސަށް ނުވަތަ ބައިވެރިޔާއަށް އަނިޔާކުރާނެކަމަށް ބިރުދެއްކުން

ދެމަފިރިކަމުގެ ގުޅުން ހިންގުމަށް މަޖުބޫރުކުރުން

ރިއެކްޝަންސް
1
2
2
5
2
0
13