ސިމްޑީ ގްރޫޕުން ރާއްޖޭގެ ބާޒާރަށް އައު ބްރޭންޑްތަކެއް ނެރެނީ

15 މެއި 2022 - 13:02

ސިމްޑީ ގްރޫޕުން ރާއްޖޭގެ ބާޒާރަށް އައު ބްރޭންޑްތަކެއް އެތެރެކުރަން ފަށައިފިއެވެ. މީގެތެރޭގައި ހިމެނެނީ ކުޑަކުދިންގެ އެކިއެކި އުފެއްދުންތަކުގެ ބްރޭންޑްތަކެވެ. އޭގެތެރޭގައި “ބޭބީ ޝެރަމީ” ގެ އުފެއްދުންތައްވެސް ހިމެނެއެވެ.

ސިމްޑީން އަލަށް ބާޒާރަށް އެތެރެކުރާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ބޭބީކެއަރ އުފެއްދުންތަކާއި، މެސްކިއުލިން ސެލްފް ކެއަރ އުފެއްދުންތަކާއި، ފެމިނިން ސެލްފް ކެއަރ އުފެއްދުންތަކެވެ. އޭގެތެރޭގައި ބޭބީ ކޮލޯން، ބޭބީ ކްރީމް، ބޭބީ ސައިބޯނި، ބޭބީ ލޯންޑްރީ ވޮސް ލިކުއިޑް، ބޭބީ ތެޔޮ، ވެޓް ވައިޕްސް ފަދަ އުފެެްދުންތައް ހިމެނެއެވެ.

advertisement

މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އެސްޓީއޯ ސްޕަމާރޓްގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ވަނީ މި އުފެއްދުންތައް އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ސިމްޑީން ވަނީ ފަހިކޮށްދީފައެވެ.

ބޭބީ ޝެރަމީއަކީ ކުޑަކުދިންނާއި ގުޅޭ ތަފާތު އުފެއްދުންތައް ބާޒާރަށް ނެރެ އާންމުންގެ މަގްބޫލުކަން ހޯދާފައިވާ އުފެެއްދުންތަކެކެވެ. ސިމްޑީ ގްރޫޕަކީ އެކި ދާއިރާތަކުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެކެވެ. އެ ގްރޫޕުގެ ވިޔަފާރިތަކުގެ ތެރޭގައި ރިސޯޓު ހިންގުމާއި، ރިސޯޓު ސަޕްލައިއާއި، ރެސްޓޯރެންޓާއި، ސިއްހީ ހިދުމަތްތަކާއި، ފާސްޓް މޫވިން ކޮންސިއުމާ ގުޑްސްގެ ވިޔަފާރި ހިމެނެ އެވެ.

ރިއެކްޝަންސް
0
1
0
0
0
0
0