މަގު ހަދަން ކޮންނައިރު އާސާރީ ބިނާތަކަށް ގެއްލުންވާތި އީޕީއޭ އިން ކަންބޮޑުވެއްޖެ

19 މެއި 2022 - 15:52

މަގުތައް ހަދަން ކޮންނައިއރު ރަށްރަށުގައި ހުރި އާސާރީ ބިނާތަކަށް ގެއްލުންވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެމްސީ (އީޕީއޭ) އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އީޕީއޭ އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރަށްރަށުގައި ތަރއްގީގެ މަޝްރޫއު ހިންގާއިރު، މަގުތައް ހެދުމަށް މަގުކޮނުމުގެ މަސައްކަތް ކުރަމުންދާއިރު ވަޅުލެވިފައިހުރި އާސާރީ ބިނާތަކަށް ގެއްލުންވަމުންދާ ޝަކުވާ އެ އެޖެންސީ އަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން މަގުތައް ކޮންނަމުންދާއިރު މިފަދަ އާސާރީ ބިނާއެއް ފެނިއްޖެ ނަމަ އެކަން ވަގުތުން ސަގާފީ ތަރިކަ ރައްކާތެރި ކުރުމާބެހޭ ގައުމީ މަރުކަޒަށް އަންގައި އެ މަރުކަޒުގެ އިރުޝާދާއި އެއްގޮތަށް އެތަކެއްޗާމެދު އަމަލު ކުރުމަށް އީޕީއޭއިން ވަނީ އަންގާފަ އެވެ.

ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ދެނެގަތުމަށް ހަދާ ރިޕޯޓު ހަދައި އެ އެޖެންސި އިން ތިމާވެށިގެ ކްލިއަރެންސް ލިބިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ކުރުމުގައި ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު އަދި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފު ނުވާނެހެން މަސައްކަތް ކުރުމަށްވެސް އެ އެޖެންސީން ވަނީ އަންގާފަ އެވެ.

ރިއެކްޝަންސް
0
0
1
0
0
0
0