ކެންސަރު: އާއިލާ މީހުންނަށް ޖެހިފައިވާ ބަލިތައް ދެނެގަތުން

21 މެއި 2022 - 16:45

ކެންސަރު ބައްޔަކީ މިހާރު ރާއްޖޭގައި އެންމެ އާންމު އެއް ބައްޔެވެ. ބަލި ޖެހޭ މީހުންގެ އަދަދު ނިސްބަތުން ގިނަވެފައިވާއިރު، ވަރަށް ތުއްތު ކުދިންވެސް މި ބަލީގެ ޝިކާރައަކަށްވެދެ އެވެ. އެތައް ބަޔަކު މި ބަލީގައި ދުނިޔެ ދޫކޮށްފައިވާއިރު މި ބަލީގެ އަލާމާތްތަކާއި ބައްޔާއި ބެހޭ މައުލޫމާތު ލިބުމަކީ މުހިންމު ކަމެކެވެ.

އަދި ގިނަ ކެންސަރުތަކަކީ ވާރުތަ ވާ ބަލިބައްޔަށް ވާއިރު، އާއިލާގެ ހިސްޓްރީ ދެނެގަތުމަކީ މުހިއްމުކަމެކެވެ.

advertisement

ކެންސަަރަކީ ކޮބާ؟

ކެންސަރަކީ އާދަޔާ ހިލާފު ސެލްތަކެއް ކޮންޓްރޯލެއް ނެތި އިތުރުވަމުން ގޮސް ވަށައިގެންވާ ސެލްތަކަށް ނުވަތަ ގުނަވަންތަކުގެ ތެރެޔަށްވެސް ވެރިވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ކިޔާ ނަމެކެވެ. ކެންސަރުގެ ސަތޭކަ އެތައް ވައްތަރެއް ހުރެއެވެ. ކެންސަރަށް ނަންދެވެނީ މިމައްސަލަ ދިމާވާ ސެލްގެ ބާވަތަށް ނުވަތަ ގުނަވަނަށް ނިސްބަތްކޮށެވެ.

ކެންސަރަކީ އެޖެހޭ ގުނަވަން ނޫން ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިގެންދާ އެއްޗެކެވެ. އޮޕަރޭޝަން ކޮށްގެން ކެންސަރުގެ ދުޅައެއް އެއްކޮށް ވަކިކުރި ނަމަވެސް އަލުން އުފެދުމަކީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި ކެންސަރުގެ ދުޅަ އޭގެ ސައިޒުން ބޮޑުވެފައި އޭގެ ވަށައިގެންވާ ބައިތަކަށް ފެތުރިގެން ދިއުން އަވަސްވާނެ އެވެ. އަދި އެފެތުރިގެން އޭގެ އަސަރު ފޯރާ ބައިތައް ވެސް ފަސޭހަ ކަމާއެކު ހަލާކު ކޮށްލައެވެ. ދުނިޔޭގައި އެތައް ހާސް ބަޔަކު އަހަރެއްގެ ތެރޭގައި ކެންސަރު ޖެހިގެން ދުނިޔެ ދޫކޮށް ދެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި މީހުން މަރުވާ ދެވަނަ އެންމެ ކުރީގައި އުޅޭ ސަބަބެއް ކަމުގައި ދިރާސާތަކުން ހާމަވެފައިވަނީ ކެންސަރު ކަމެކެވެ. އިންސާނުންގެ ހަށިގަނޑަށް ތަފާތު ވައްތަރުގެ ކެންސަރުތައް ޖެހޭ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ކޮންމެ ކެންސަރެއް އަނެއް ކެންސަރާއި ތަފާތެވެ. ކޮންމެ ކެންސަރަކީ ވެސް ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގެ ސެލްތަކަކުން އުފެދޭ އެއްޗެކެވެ.

ކެންސަރަށް ނަންދެވެނީ ބަދަލު އަންނަ ސެލެއްގެ ނުވަތަ، އެސެލްތައް އެކުލެވިގެންވާ ގުނަވަނެއްގެ ނަމުންނެވެ. “ސެންޓްރަލް ނާރވަސް ސިސްޓަމް” ގެ ކެންސަރޭ ބުނެވެނީ ސިކުނޑިޔާއި މައިބަދައިގެ ކެންސަރަށެވެ.

ކެންސަރުގެ ބާވަތްތައް:

  • ކާސިނޯމާ: ހަން ނުވަތަ އެހެނިހެންވެސް (ހަށިގަނޑުގެ އެތެރޭގައިވާ ގުނަވަންތައް) ގުނަވަންތަކުގެ ބޭރުފަށަލަ އެކުލެވިފައިވާ ސެލްތަކުން ފެށޭ ކެންސަރުގެ ބާވަތްތަކަށް.
  • ލިއުކީމިއާ: ކަށީގެ މަދުފަދަ ލޭއުފައްދާ ސެލްތަކުގެ މަސައްކަތަށް އަންނަ ތަފާތެއްގެ ސަބަބުން ލޭގެ އެކިބާވަތްތައް އުފެދުމުގައި ތަފާތު އައިސް، އެސެލްތައް ލޭ ހޮޅިތަކަށް ވާސިލްވުމުން ދިމާވާ މައްސަލަތަކަށް ދެވިފައިވާ ނަމެއް.
  • ސާކޯމާ: ކައްޓާއި، ކާޓިލޭޖު ނުވަތަ މަޑު ކަށިކޮޅާއި ސަރުބީއާއި މަހާއި ލޭހޮޅި އާއި އެހެނިހެން ވެސް ގުނަވަންތަކުގެ ކައިރީގައި އެގުނަވަންތަކަށް ވާގިވާން ހުންނަ ކަނެކްޓިވް ޓިޝޫ އިން އުފެދޭ ކެންސަރަށް ކިޔާނަމެއް.
  • ލިމްފޯމާ (ވައިޓް ބްލަޑް ސެލްސްއަށް ޖެހޭ ބައްޔެއް) އާއި މައިލޯމާ (ލޭގެ ޕްލާސްމާގެ ބައްޔެއް) އަކީ ދިފާއީ ނިޒާމަށްޖެހޭ ދެ ބާވަތެއްގެ ކެންސަރެއް.

މީގެ އިތުރުންވެސް ކެންސަރުގެ އެތަށް ވައްތަރެއް ހިމެނެ އެވެ.

ކެންސަރު ޖެހުމުގައި ތިމާވެއްޓާއި ގުޅިގެން ދިމާވާ ކަންތައްތަކާއި، އެމީހަކު އުފެދުމުގައި ހުންނަ ވާރުތަވާގޮތް ހުންނަ ކަންތައްތައް އަކީ މުހިއްމު ދައުރެއް އަދާކުރާ ކަންކަމެވެ. ދިރާސާތަކުން ދައްކާގޮތުގައި ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން 90-80 އިންސައްތަ މީހުންނަށް ކެންސަރު ޖެހިފައިވަނީ ސީދާ ގޮތުންނާއި ނުސީދާގޮތުން ދިމާވެފައިވާ ތިމާވެއްޓާއި ގުޅުންހުރި ކަންތައްތަކުގެ ސަބަބުންނެވެ. ދުނިޔޭގެ ގައުމުތަކުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި، އިތުރުވަމުންދާ ސިނާއީ މަސައްކަތްތަކާއި ގުޅިގެން ދިމާވާ މައްސަލަތަކާއި، ތިމާވެއްޓާއި އެކުވެފައިވާ ދުމާއި، ކެމިކަލްތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތައް ހިމެނެއެވެ. މީގެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުފުން ފަދަ ކަންތައްތައް ހިމެނެއެވެ.

އާއިލީ ކަންތައްތަކާއި އަދި އެމީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އުމުރު، ޖިންސް، ނަސްލު، މީހުންނާއި އިނުމުގެ ކަންތައްތަކަކީ ވެސް ކެންސަރު ޖެހުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަންތައްތަކެވެ.

އާއިލީ ވާރުތަކުރުމަކުންވެސް ކެންސަރު ޖެހިދާނެ އެވެ. އެހެންކަމުން އާއިލާގައި ބަލި އުޅޭނަމަ ތިމާގެ އަމިއްލަ ސިއްހަތަށް ބަލައި ސިއްހީ އެހީތެރިއެއްގެ ލަފައާއެކު ބަލީގެ އަލާމާތްތަކާއި ބައްޔާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދަންވާނެ އެވެ.

ކެންސަރުޖެހޭތާ ކުރީކޮޅު ބަލި ދެނެގަތުމަކީ ބަލި ފަސޭހަކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. އެހެންކަމުން މިބަލި ދެނެގަތުމަށްޓަކައި ބަލީގެ ނިޝާންތަކާއި، އަލާމާތްތައް ދެނެގަތުން މުހިއްމު ވާނެއެވެ. ކެންސަރާމެދު ޝައްކުކުރެވޭ އެއްވެސް ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކޮށް ފަރުވާ ހޯދުން މުހިއްމެވެ.

ކެންސަރުޖެހިފައިވާކަމަށް ޝައްކުކުރެވިދާނެ ބައެއް ނިޝާންތައް:

  • ލޭއައުން
    ހޮ* ޑުލާއިރު ލޭހުރުން
  • ހަމުގެ ދަށުގައި ލޭފޭދިފައިހުރުން
  • ހަށިގަނޑުގެ ހުޅުވިފައިވާ އެއްވެސް ދޮރަކުން އާދަޔާ ހިލާފަށް ލޭއައުން
  • ބޮޑުކަމުދާ ނަޖިސް އަދި ކުޑަކަމުދާ ނަޖިސް ގައި ލޭހުރުން
  • ހައިޟުގެ ދުވަސްތައް ފިޔަވައި އެނޫން ދުވަސްތަކާއި، އަނބިފިރިކަމުގެ ގުޅުން ހިންގުމުން އަންހެނުންގެ ކުރިމަތި ފަރާތުން ލޭއައުން: އަދި އަންހެނުންގެ ކުރިމަތި ފަރާތުން އަންނަ އެއްޗެހީގައި ލޭހުރުން
  • ހަމުގައި ހުންނަ އުން ފަދަ ތަންތަނުން ލޭއައުން
  • ހަށިގަނޑުގެ އެކިތަންތާގައި ގަނޑުލާ ހަރުވެފައިހުރުން
  • ކަރުގައިވާ ތައިރޮއިޑް ގްލޭންޑް، ބަނޑު، ތުންފަތުގެ އެތެރ، ކަރު، އުރަމަތި، އަތްފައި، މަސްގަނޑު، އަދި މިނޫން ވެސް ހަށިގަނޑުގެ އެކި ތަންތާގައި ގަނޑުލާ ހަރުތަންތަން އުފެދުން
    ހަމުގައި އުފެދިފައިވާ ކަޅުތިލަ ބޮޑުވުމާއި، މިފަދަ ތަންތަނުން ލޭއައުމާއި، އަދި މިފަދަ ތަންތަނުގެ ކައިރީގައި ކުދިކުދި ކަޅުތިލަ އުފެދުން
  • ފާރުގަނޑެއް އުފެދި ފަސޭހަނުވެ ދިގުލައިހުރުން
  • ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ނަމަވެސް ފާރުގަނޑެއް އުފެދި، ފަސޭހަނުވެ، ދިގުލައި ދިއުމާއި، ފާރުގަނޑުގައި ހަރުކަމެއް ހުރުން
  • ބަރުދަން ލުއިވުން : ކިތައްމެ ރަގަޅަށް ކެޔަސް ސަބަބު ބުނެދޭން ނޭނގި ހަށިގަނޑުގެ * * ބަރުދަން ލުއިވަމުން ދިއުން : ގިނަ ފަހަރަށް މިކަން ދިމާވަނީ ބޮޑެތި މީހުންނަށެވެ.
  • ކާހިތްކުޑަވުން ނުވަތަ ކާހިތްނުވުން ނުވަތަ ކާހިތް ކެނޑުން
  • ވަރުބަލިވުން: ވަރުބަލިކަން އެއްދުވަހުން އަނެއް ދުވަހަކަށް ބޮޑުވަމުން ދިއުމާއެކު، ގިނަ ވަގުތު * ހުން ވައްތަރު ވެފައި ހުރުމާއެކު ލޭމަދުވުން
  • ހަށިގަނޑުގެ ތަންތަން ދުޅަވެ، ބައެއް ތަންތާގައި ރިހުން: އާންމުކޮށް ދުޅަވެ ރިހުން އުފެދޭ ތަންތަނުގެ ތެރޭގައި ކަރު، ބަނޑު، އަދި ފިރިހެނުންގެ އޮށް ހިމެނޭ.
  • ދިރުވާލުމަށް އުދަގޫވުން:މަޑުކާނާއާއި އޮއްޓަރުކާނާ ދިރުވުމަށް އުދަގޫވުމާއި، ކައިނިމިގެން ހޮނޑުލެވޭގޮތްވުމާއި، ހޮނޑުގައި ލޭހުރުން.

މީގެ އިތުރުންވެސް އިތުރު އަލާމާތްތަށްވެސް ހުރެ އެވެ. އަދި ބައެއްފަހަރު އަލާމަތްތައް ނުފެނިވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.

ރިއެކްޝަންސް
1
2
2
38
1
0
0