ހަކުރު ބަލި: ފަޔަށް ޖެހޭ މައްސަލަތައް

22 މެއި 2022 - 13:21

ހަކުރު ބަލި ހުންނަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ފައިގެ ހަކުރުބަލި (ޑައިބެޓިކް ފުޓް) ޖެހެ އެވެ. އެއީ ޕެރިފެރަލް ނިއުރޯޕަތީގެ ބާވަތެކެވެ. ހަށިގަނޑުގެ ބައެއް ނާރުތައް ހަލާކުވުމާއި އައްސިވުމާއި ތަދު އެރުމާއި އަދި ކަށިކޮއްޕާ ކަހަލަ އިހުސާސްވުން ހިމެނެ އެވެ. ބައެއް ފަހަރު މިފަދަ މީހުންނަށް ހިއްސުކެނޑުންވެސް ދިމާވެ އެވެ.

އޮހިއޯ ސްޓޭޓް ޔުނިވާސިޓީ ވެކްސްނަރ މެޑިކަލް ސެންޓަރުގެ ޕޮޑިއަޓްރިސްޓެއް ކަމަށްވާ ކެވިން ސްޕްރިންގަރ، ޑީޕީއެމް ވިދާޅުވާ ގޮތުގައި މިއީ ސީރިއަސް ހާލަތަކަށް ވެސް ވެދާނެ އެވެ. ސަބަބަކީ ޕެރިފެރަލް ނިއުރޯޕަތީގެ ސަބަބުން ހޭނެތުމާއި، އައްސިވުމާއި ހިއްސުކެނޑުން ފަދަ ދިރިއުޅުމުގެ ފެންވަރު ދަށްވާ ހާލަތަކަށް ހިނގައިދާނެ ކަމަށް އޭނާ ވިދަޅުވެ އެވެ.

advertisement

މީގެ އިތުރުންފައިގެ ހަކުރު ބައްޔަކީ ހަށިގަނޑަށް ފެތުރޭ އެއްޗެކެވެ. މާނައަކީ ދުވަސްވާ ވަރަކަށް އެކަން އިތުރަށް ގޯސްވެ، ފައިބުރިކޮށްލަންވެސް ޖެހިދާނެ ހާލަތުތައް އާދެ އެވެ. އެހެން ނަމަވެސް މިކަމަށް ކުރިއާލާ ފަރުވާ ދެވިއްޖެ ނަމަ ރަނގަޅު ކުރެވިދާނެ އެވެ.

ހަކުރުބަލި ހުންނަ މީހުންގެ ހާލަތު އެމީހުންގެ ގާތް މީހުންނާއި ލޯބިވާ މީހުން ގަބޫލު ކުރެވި ފައިގެ ހަކުރުބަލި ޖެހުމުގެ އަވަހަށް ފަރުވާ ހޯދުމަށް އެހީތެރިވާންޖެހޭނެ އެވެ.

ފައިގެ ހަކުރުބަލި ޖެހޭ ސަބަބުތައް:

ފައިގެ ހަކުރުބަލި އާންމު ނަމަވެސް، ޑޮކްޓަރުން އަދިވެސް މަސައްކަތް ކުރަމުން ދަނީ ސީދާ އެކަން ދިމާވަނީ ކީއްވެގެންތޯ ދެނެގަތުމަށެވެ. ސްޕްރިންގަރ ވިދާޅުވާ ގޮތުގައި ހަގީގަތުގައި ދިމާވެގެން އުޅޭ ކަންތައްތަކަކީ ވަރަށް ކޮމްޕްލިކޭޓެޑް އަދި މުޅިން ނޭނގޭ ކަންތައްތަކެކެވެ.

އެކަމަކު ދެނެގަނެވިފައިވާ ބައެއް ސަބަބުތައް އެބަހުއްޓެވެ. އެގޮތުން ލޭގައި ހަކުރު ގެ މިންވަރު މަތިވުން، ހަކުރު ބަލި، ލޭހޮޅިތައް އިންފްލެމޭޓްވެ، ލޭހޮޅިތައް ކުޑަވާން ފެށުމުން ލޭދައުރުވުމުގައި މައްސަލަތަކެއް ކުރިމަތިކުރުވުމާއި އަދި ފައިއަދި ފައިގައި ހުންނަ އާޓަރީތަކަކީ ވަރަށް ބޮޑަށް ލޭދައުރުވުން ދަށްކޮށްދިނުމުގެ ސަބަބުން މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ފައިގައި ޒަހަމްތަކެއް ހުރިނަމަ، އެޒަހަމްތައް ރަނގަޅުވުމަށްގިނަ ދުވަސް ނަގަނީ ޓިޝޫތަކަށް އެކަށީގެންވާ ލޭ ދައުރު ނުވާތީ އެވެ. މި ޒަހަމްތައް އިންފެކްޓްވެ، ޑައިބެޓިކް އަލްސަރ ފަދަ ސީރިއަސް ކޮމްޕްލިކޭޝަންތައް ކުރިމަތިވެ، އިތުރު ނުރައްކަލާ ކުރިމަތިވެ އެވެ.

ހަމަ އެއާއިއެކު ހަކުރުބަލީގެ ސަބަބުން ނިއުރޯޕަތީ ނުވަތަ ނާރުތަކަށް ގެއްލުންވެ، ފައިގެ ފައިތިލައަށް ވެސް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މިކަމުގެ ސަބަބުން މީހުންގެ ފައިގައި ޕްރެޝަރު ނުވަތަ ވޭން އިހްސާސްވެ އުނދަގޫވެދާނެ ކަމަށާއި އެހެންކަމުން ޒަހަމްތައް ފާހަގަކޮށް އަވަހަށް ފަރުވާ ހޯދަން ޖެހެ އެވެ. އެހެން ނޫންނަމަ އިންފެކްޝަން އުފެދި ފައި ބުރި ކޮށްލަންޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ހުރިހާ ޑައިބެޓިކް މީހުންނަށް ފައިގެ ހަލުރުބަލި ޖެހުމުގެ ފުރުސަތު އޮންނަ އިރު މިކަންތައް ހުރި ނަމަ އެ ފުރުސަތު ބޮޑުވޭ:

  • ލޭގައި ހަކުރުގެ މިންވަރު ދަށްވުން ނުވަތަ އޭ1ސީ މަތިވުން.
  • އުމުރުން 40 އަށް ވުރެ ދޮށިވުން.
  • ބަރުދަން އިތުރުވުން.
  • ލޭގެ ޕްރެޝަރު މަތިވުމާއި ކޮލެސްޓްރޯލް މަތިވެފައި ހުރުން .
  • ނޭވާލާ ނިޒާމުގެ ބަލި ތަކަށް ނުރައްކާ ވާ ސަބަބު: ދުންފަތުގެ އިސްތިއުމާލު ކުރުން، ކޮރޮނަރީ އާޓަރީ ބަލީގެ ހިސްޓްރީ، ސްޓްރޯކް ހިސްޓްރީ

ނިޝާންތަކާއި އަލާމާތްތައް:

ފައިގެ ހަކުބަލީގެ ކުރީކޮޅުގެ ނިޝާންތައް ދެނެގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނަމަވެސް އުނދަގޫ ވެދާނެ ކަމެކެވެ. ސްޕްރިންގަރ ވިދާޅުވާ ގޮތުގައި އެންމެ ކުރީގެ އިންޒާރުގެ ނިޝާންތަކަކީ ފުށުއަރާ އަދި ހަނދާނުން ފޮހެވިގެން ހިނގައިދާނެ ނިޝާންތަކެކެވެ.

ސްޕްރިންގަރ ވިދާޅުވާ ގޮތުގައި ކުރީކޮޅުގެ އަލާމާތްތައް ގިނަ ފަހަރަށް ފާހަގަކުރެވެނީ ރޭގަނޑުގައެވެ. އާންމު ގޮތެއްގައި ދެފައިންވެސް އޭގެ ނިޝާން ފެނިދާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އެގޮތުން:

  • ހަންގަނޑު ހިކުން، ހަންގަނޑު ނެއްޓުން، މިއީ ލޭ ދައުރުވުން ދަށްކަމުގެ ނިޝާނެކެވެ.
  • ފައިގައި ޓިންގުކުރުން ނުވަތަ “ޕިންސް އެންޑް ސުއިލްސް” އިހްސާސްވުން.
  • ފައިގައި ފޮޅުލުން ނުވަތަ ހަންގނަޑު ހަރުވުން. އަމިއްލައަށް އެ ފިލުވާލަން މަސައްކަތް ނުކުރޭ – އިންފެކްޝަންގެ ނުރައްކާ ކުޑަކުރުމަށް ޑޮކްޓަރެއްގެ އެހީ ހޯދާ.
  • އިހްސާސް ގެއްލި، ފައިގެ ފައިތިލައިން ފަށައިގެން ފައިގެ ފަލަމަސްގަނޑު މައްޗަށް އަރައިގެން ދިޔުން،
  • ފައިގެ ކަށި ހުންނަ ތަންތަން ރަތްވެފަ ހުރުން.
  • ފަޔަށް ހޫނުވުމުގެ އިހުސާސް ވުން،.

ކުރީކޮޅުގެ ނިޝާންތަކަކީ ގެއްލުމެއް ނެތް ނިޝާންތަކެއް ކަމަށް ހީވެދާނެ ކަމަށް ބެލެވުނު ނަމަވެސް، އެކަން ސީރިއަސް ގޮތުގައި ނަގައި ޑޮކްޓަރެއްގެ އެހީ ހޯދުން މުހިންމެވެ.

ފަރުވާ:

ފައިގެ ހަކުރު ބަލިން ސަލާމަތްވެވޭނެ ގޮތެއް ނެތް ނަމަވެސް ފަރުވާ އަކީ އަދިވެސް މުހިންމު ކަމެކެވެ.

ސްޕްރިންގަރ ވިދާޅުވާ ގޮތުގައި ފަރުވާގެ ލަނޑުދަނޑިތަކަކީ ވޭން ކުޑަކުރުމާއި، ދުވެލި މަޑުކުރުމާއި، މެނޭޖްކުރުމާއި، ކޮމްޕްލިކޭޝަންސްތަކުން ދުރުކޮށްދޭނެ ކަމަށް އުންމީދުކުރުމެވެ.

އެންމެ ގަދައަށް ކޮމްޕްލިކޭޝަނަކީ ޑައިބެޓިކް ފުޓް އަލްސަރ ނަމަކަށް ކިޔާ އޯޕަން ޒަހަމްތައް އުފެދުން ކަމަށެވެ. މިއީ އިންފެކްޝަންގެ ނުރައްކާ ބޮޑު، އަދި ފައި ބުރިކޮށްލަން ޖެހުމަށް މެދުވެރިކުރުވާ ބައްޔެކެވެ. ހަކުރުބަލި ހުންނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 15 ޕަސެންޓު މީހުންނަށް މީހުންނަށް ފައި ތިލައަށް އަލްސަރ އެއް ޖެހިދާނެއެވެ.

ފައިގެ ހަކުރުބަލީގެ އަލާމާތްތައް ފެނިއްޖެނަމަ، ޕީސީޕީ، ނިއުޓްރިޝަނިސްޓެއް، އަދި ޕޮޑިއަޓްރިސްޓެއް ހިމެނޭ ގޮތަށް އެތައް ޑޮކްޓަރުންނެއް ގުޅިގެން މަސައްކަތް ކުރަން ޖެހެ އެވެ. އަދި ބައެއް ކަންކަން ކޮންޓްރޯލްވެސް ކުރަންޖެހެ އެވެ. އެގޮތުން:

  • ލޭގައި ހަކުރު ހުންނަ ގޮތް ކޮންޓްރޯލް ކުރުން .
  • ފައިގެ ބައެއް ސަރަހައްދުތަކަށް ޕްރެޝަރު ކުޑަކުރުމަށްޓަކައި ބޫޓު ބަދަލުކުރުމާއި އިންސިއުލިން ނުވަތަ ބްރޭސް ބޭނުންކުރުން. ނުވަތަ ހާއްސަ ގޮތަކަށް ފަރުމާކޮށްފައިވާ ޑައިބެޓިކް ބޫޓުތަކަށް އެރުން.
  • އުފެދިފައި ހުންނަ ފާރުތައް ފަރުވާކޮށް ބަންދުކުރުން.
  • މަރުވެފައިވާ ޓިޝޫތައް ވަކި ކުރުން.

ވަރަށް ގަދަޔަށް ފައިގެ ހަކުރު ބަލި ހުރެއްޖެ ހާލަތްތަކުގައި ފައި ބުރިކުރަންޖެހެ އެވެ. ނަމަވެސް ޕްރޯއެކްޓިވް ކެއަރ އާއި އެކު މިކަމުން ސަލާމަތްވެވިދާނެއެވެ.

ރިއެކްޝަންސް
1
1
2
26
0
0
1