ޖިއަޑާނޯއާއި ޖީ2000 ގެ ފަހުގެ އަންނައުނުގެ ރޭންޖް ކްލެސިކް ފިހާރައަށް

23 މެއި 2022 - 13:40

ޖިއަޑާނޯއާއި ޖީ2000 ގެ ފަހުގެ އަންނައުނުގެ ރޭންޖް ކްލެސިކް ފިހާރައަށް ތައާރަފްކޮށްފިއެވެ.

މި 2 ބްރޭންޑަަކީ ދުނިޔޭގެ ނަން މަޝްހޫރު 2 ބްރޭންޑެވެ. މި ބްރޭންޑުގެ އާ ރޭންޖު ބާޒާރަށް ނެރެފައިވަނީ ރާއްޖޭގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ބައެއް އިންފްލުއެންޒާސްއާއެކުގަ އެވެ. އެއީ މިމަހުގެ 21 ވަނަ ދުވަހުގެ ރެއެވެ.

advertisement

ކްލެސިކް ފިހާރައިން މި 2 ބްރޭންޑްގެ އައު ރޭންޖް ތައާރަފްކޮށްފައިވާއިރު އޭގެތެރޭގައި އަންހެން އަދި ފިރެހެން އަންނައުނުވެސް ހިމެނެއެވެ. އަލަށް “ޖިއަޑާނޯ” އިން ނެރުނު ރޭންޖުގައި އަންހެނުންނާއި ފިރިހެނުންގެ ލިނެން ކުރުތާ ހިމެނެ އެވެ. މީގެ އިތުރުން ފިރިހެނުންގެ އޮކްސްފޯޑް ގަމީހުގެ އާ ވައްތަރުތަކާއި ލިނެން ގަމީސް އަދި ޕޯލޯ ޓީޝާޓުވެސް ހިމެނެ އެވެ. އަދި “ޖީ2000” ގެ އާ ރޭންޖުގައި ކޮމްފޯޓް ފިޓް ޓީޝާޓުގެ އިތުރުން ބެލްޓް އާއި ޓައީވެސް ހިމެނެ އެވެ.

މި 2 ބްރޭންޑްގެ ރޭންޖް ކްލެސިކް ފިހާރައަށް ތައާރަފްކޮށްފައިވަނީ ދުނިޔޭގެ ބާޒާރަށް ނެރުނު ދުވަސްވަރާ ގާތްގަނޑަކަށް އެކުގަ އެވެ. އާ ރޭންޖު ނެރުމާ ދިމާކޮށް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ.

ރިއެކްޝަންސް
0
0
1
0
0
0
1