އައިސްއަލަމާރިއަށް ލުން ރަނގަޅު ނޫން ބައެއް ކާނާ

24 މެއި 2022 - 17:54

އައިސްއަލަމާރިއަކީ މިހާރު އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު އެއްޗަކަށް ވަނީ ވެފައެވެ. ކާތަކެތި ތާޒާކަންމަތީ ގިނަ ދުވަހަށް ބެހެއްޓުމަށް އައިސްއަލަމާރި އެހީތެރިވެދެއެވެ. ނަމަވެސް ބައެއް ތަކެއްޗަކީ އައިސްއަލަމާރިއަށް ލުން އެހާ ރަނގަޅު ބާވަތްތަކެއް ނޫނެވެ. އެއީ މާ ފިނިކޮށް ބެހެއްޓުމުގެ ސަބަބުން އެތަކެތި އަވަހަށް ނުބައިވެ، ބޭނުންކުރަން ރައްކާތެރި ނޫން އެއްޗެއްސަށްވާތީއެވެ. އެގޮތުން އައިސްއަލަމާރިއަށް ލުން ރަނގަޅުނޫން ބައެއް ކާނާގެ ތެރޭގައި ހިމެނެނީ:

ލޮނުމެދު

advertisement

މާ ގިނައިން ވައިގެ ތެތްކަން ލިބި ފިނިވުމުގެ ސަބަބުން ލޮނުމެދު ވަރަށް އަވަހަށް ހަލާކުވެ އެވެ. އެކަމަކު ލޮނުމެދުގެ ތޮށި ފިލުވާފައި، ވަކިކޮށް ތައްޓަކަށް އަޅައި ބަންދުކޮށްފައި ފްރިޖަށް ލައިފި ނަމަ ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ އެވެ. ލޮނުމެދުގެ ތޮށި ނުފިލުވާ ބަހައްޓާ ނަމަ، އެންމެ ބުއްދިވެރި ގޮތަކީ އަވި ނުދޭ ހިސާބެއްގައި ބަދިގެތެރޭގައި ބެހެއްޓުމެވެ.

ޕާން

އައިސްއަލަމާރިއަށް ލުމުން ޕާނުގެ ސްޓްރަކްޗާ އެއްކޮށް ބަދަލުވެ އެވެ. އޭގެ ސަބަބުން ޕާން ހަރުވެ، ފުނޑުފުނޑުވުން އެކަށީގެންވެ އެވެ.

ނަޓްސް

ނަޓްސްއަކީވެސް އައިސްއަލަމާރިއަށް ލުމުން ވަރަށް އަވަހަށް ހަލާކުވާ އެއްޗެކެވެ. އެންމެ ރަނގަޅު ގޮތަކީ ވައި ނުވަންނާނެހެން ފުޅިއެއް ނުވަތަ ދަޅަކަށް އަޅާފައި ބަހެއްޓުމެވެ.

މާމުއި

މާމުޔަކީ އަމިއްލަ ޒާތުގައި ގިނަ ދުވަސްވަންދެން ފިނިކޮށް ހުންނަ އެއްޗެކެވެ. މާމުއި ފްރިޖަށް ލުމުން އޭގައި ހުންނަ ގުދުރަތީ ހަކުރުގެ ބާވަތްތައް ގަނޑުވެ، ކްރިސްޓަލައިޒް ވާން މެދުވެރިވެ އެވެ. އެހެންކަމުން މާމުއިވެސް ރަނގަޅީ އަލަމާރިއަށް ނުލައި ބެހެއްޓުމެވެ.

ރިއެކްޝަންސް
8
6
5
0
2
0
4