އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ހަނދާން ނެތޭ ބަލީގެ އަލާމާތްތައް

29 މެއި 2022 - 13:03

އަލްޒައިމާ ނުވަތަ ހަނދާންނެތުމުގެ ބައްޔަކީ އުމުރުން ދުވަސްވާ ބައެއް މީހުން ތަހައްމަލު ކުރަންޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމަށް މެދުވެރިވާ އަސްލު ސަބަބު ހޯދިފައި ނުވިނަަމަވެސް ހޯދުންތަކުން ބޮޑަށް ބުރަވަނީ މި ބަލި ގުޅިފައިވަނީ އުމުރުން ދުވަސްވުމާއެކު ސިކުނޑިއަށް އަންނަ ބަދަލުތަކާއެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑީގެ ނާރުތަކަށް ދިމާވާ ގެއްލުންތަކާއި ސިކުނޑީގެ ސެލްތަކަށް އަންނަ ބަދަލާ އަލްޒައިމާއާ ހުރިގުޅުން ދެނެގަންނަން ސައިންސުވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހޯދުންތަކުން ދައްކާގޮތުގައި ހަނދާންނެތޭ ބަލި ޖެހޭ މީހުންގެ %5 ނުވަތަ %8 އަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. އަދި %40 މީހުންނަކީ 90 އަހަރުން މަތީގެ މީހުންނެވެ.

advertisement

މި ބަލި ޖެހުން އުމުރުން ދުވަސްވީ މީހުންނަށް ގާތްވި ނަމަވެސް އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ބަލި ޖެހޭނެ މީހެއްނޫނެވެ.

ހަނދާންނެތޭ ބަލީގެ އަލާމާތްތަކަކީ ކޮބާ؟

  • މާ އަވަހަށް ހަނދާން ނެތުން
  • ވާހަކަ ދައްކަން އުނދަގޫވުން
  • ކުއްލިއަކަށް މިޒާޖަށް ބަދަލު އައުން
  • ވަށައިގެން ހިނގާ ކަންކަމަށް ސަމާލުކަން ކުޑަވުން
  • އެއްޗެހި ބެހެއްޓޭތަންތަން ހަނދާންނެތުން
  • އާދައިގެ ހިސާބު ނަަަންބަރު ގުނަކޮށް އެއްކުރަން ނޭންގުން
  • އެއް ސުވާލެއް ތަކުރާރުކޮށް އަހަމުން ގެންދިޔުމުގެ އިތުރުން
  • ގަޔަށް ކުޑަކަމުދިއުން އަދި ބޮޑުކަމުދިޔުން

މި ބަލީގެ ފުރަތަމަ އަލާމާތް ފެނުމުގެ 10 ނުވަތަ 20 އަހަރު ކުރިން އެބަލި މީހާގެ ހަށިގަނޑުގައި އަށަގަންނަން ފަަށައެވެ. ހޯދުންތަކުން ދައްކާގޮތުގައި އާއިލާގެ ތެރޭގައި ހަނދާންނެތޭ ބަލި ހުންނަ މީހެއް އުޅޭނަމަ މި ބަލި ވާރުތަކުރުމުގެ ފުރުސަތުބޮޑެވެ. އެހެންކަމުން މި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ކަމުގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކައިގެން މަޝްވަރާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ރިއެކްޝަންސް
2
0
1
7
0
1
0