މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

4 ޖޫން 2022 - 16:31

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ.

‎ދެ ދުވަހުގެ މުއްދަތަށް އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި 3 ޖޫން 2022 ވީ ހުކުރު ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ބައިސްކަލު ދުވަހުގެ ހަރަކާތެއްގެ ގޮތުން އެ ސިޓީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ “ނޯ ވެހިކަލް އަވަރ” ބައިސްކަލު ބުރުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ފުވައްމުލައް ސިޓީގައި ޤާއިމުކުރެވިފައިވާ ޓޭބަލް ޓެނިސް ހޯލުގެ ޢިމާރާތް ހުޅުވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

advertisement

ކ. ހިންމަފުށި ބަނދަރުގެ ދެވަނަ ފިޔަވަހީގެ ދެބައިކުޅައެއްބައި ނިމިއްޖެ

ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ 59 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފަ. އެގޮތުން ބޭރުތޮށިލުމުގެ މަސައްކަތް ފުރހިމަކުރެވި، ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ 69 އިންސައްތަ ވަނީ ނިންމާލެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު ގެޒެޓުކޮށްފި

ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާއިބެހޭ ޤަވާއިދު އެކުލަވާލައި މިއަދު ވަނީ ގެޒެޓުކޮށްފައެވެ. އަދި މިޤަވާއިދަށް ޢަމަލުކުރަންފަށާނީ މިއަދުންފެށިގެން 1 މަސްދުވަސްފަހުންނެވެ.

ފިޝަރީސް މިނިސްޓަރ ކާށިދޫގެ ދަނޑުވެރިންނާއި ބައްދަލުކުރައްވައިފި

ފިޝަރީސް މިނިސްޓަރ ޑރ. ހުސައިން ހަސަން، ކ. ކާށިދޫގެ ދަނޑުވެރިންނާއި ބައްދަލުކުރައްވައި، މާރުކޭޓުތަކުން ރަނގަޅު އަގު ލިބޭނެ ދަނޑު ގޮވާމު ހެއްދުމުގެ މުހިންމުކަން ދަނޑުވެރިންނަށް ހިއްސާކުރައްވައިފި އެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަންވެސް ފާހަނގަ ކޮށްލެއްވި އެވެ.

އެމެރިކާއިން ރާއްޖެއަށް 100،620 ކޯވިޑް ވެކްސިން

އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިންގެ 100620 ޑޯޒް، ކޮވެކްސް މެދުވެރިކޮށް ހަދިޔާކޮށްފިއެވެ.

އެމެރިކާއިން، ޔޫ.އެސް އެޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮފްމަންޓް މެދުވެރިކޮށް، ދަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ރައްކާތެރިކަމާއި އެފެކްޓިވް ކަމާއިއެކު ވެކްސިން ޖެހުމަށް ބާރު އަޅައި އެކަމުގެ މައުލޫމާތުވެސް ފޯރުކޮށް ދެމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0