އަތަ: ބަނޑުގައިވާ ދަރިފުޅަށް ރަނގަޅު މޭވާއެއް

7 ޖޫން 2022 - 12:57

މާބަނޑު ދުވަސްވަރަކީ ރަނގަޅު ކާނާ ކާންޖެހޭ ދުވަސްވަރެކެވެ. ސަބަބަކީ ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދިބޮޑުވުމާއި ސިއްހަތު ރަނގަޅުވުމަށް މައިމީހާ ކާ ކާނާގެ ސަބަބުން ބޮޑު ދައުރެއް އަދާކުރާތީއެވެ. އެހެންކަމުން ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން ލަފާދެއްވަނީ މާބަނޑު ދުވަސްވަރުގައި ގިނައިން މޭވާއާއި ތަރުކާރީ ކެއުމަށެވެ.

މޭވާގެ ތެރޭގައި އަތައަކީ ރާއްޖޭގައިވެސް ހެއްދޭ މާބަނޑު ދުވަސްވަރުގައި ކެއުން ވަރަށް ރަނގަޅު އެއްޗެކެވެ. އަތައަކީ މާބަނޑު ދުވަސްވަރު ދިމާވާ ސިއްހީ މައްސަލަތައް ދުރުކޮށްދިނުމަށް އެހީތެރިވެދޭ މޭވާއެކެވެ. ހަމައެއާއެކު، އަތައަކީ ބަނޑުގައިވާ ދަރިފުޅަށާއި މައި މީހާއަށް ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު އަތަ ކެއުމަކީ މުހިންމު ކަމެކެވެ.

advertisement

އަތައަކީ ވިޓަމިން އޭ އަދި ވިޓަމިން ސީ ގިނައިން އެކުލެވޭ މޭވާއެކެވެ. މީގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުގެ ހެދި ބޮޑުވުމަށް އެހީތެރިވެދެއެވެ. އެގޮތުން ދަރިފުޅުގެ ހަންގަނޑު، ލޯ އަދި އިސްތަށިގަނޑުގެ ހެދިބޮޑުވުމުގައި މި މާއްދާތައް ބޮޑު ރޯލެއް އަދާ ކުރެއެވެ.

އަތައަކީ ކެލްސިއަމް އާއި މެގްނީޒިއަމް އެކުލެވިގެންވާ މޭވާއެކެވެ. އަތައިގައި ހިމެނޭ މި މާއްދާގެ ސަބަބުން މާބަނޑު އަންހެނުންގެ ލޭގެ ޕްރެޝަރު އެެއްވަރެއްގައި ހުރުމަށް ބާރުއަޅާދެއެވެ.

މީގެއިތުރުންވެސް އަތައަކީ މާބަނޑު އަންހެނުންނަށާއި ބަނޑުގައިވާ ދަރިފުޅަށް އެތަކެއް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. މާބަނޑު ދުވަސްވަރުގައި ފޯލިކް އެސިޑް ބޭނުންކުރުމަށް ޑޮކްޓަރުން ދެއެވެ. އަތައަކީ ފޯލިކް އެސިޑް ގިނައިން އެކުލެވިގެންވާ މޭވާއެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ކެއުމުގައި އަތަ ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

އަތައަކީ މާބަނޑު ދުވަސްވަރުގައި ދަރިފުޅު ބައިގެން ދިއުމުގެ ފުުރުސަތު ކުޑަކޮށްދޭ މޭވާއެއްވެސް މެއެވެ. އަދި މިއީ މޭނުބައިކޮށް ހޮޑުލެވުމުން ދުރުކޮށްދޭ މޭވާއެކެވެ.

ރިއެކްޝަންސް
2
10
1
4
0
1
1