މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

8 ޖޫން 2022 - 17:53

މިމަސް ނިމުމުގެ ކުރިން 3000 ގޯތި ދޫކުރަނީ

މިމަސް ނިމުގެ ކުރިން މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 3000 ގޯތި ދޫކުރަން އިއުލާން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހދ. ނޭކުރެންދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ހދ. ނޭކުރެންދޫ ކުރިއެރުވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުތަކާއި، ކުރައްވަމުންގެންދަވާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެބައިކުޅައެއްބައި ނިމިއްޖެ

ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތަކުގެ 94 ޕަސެންޓާއި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފައިކަމަށް ވެސް ވިދާޅުވި އެވެ.

ނޭކުރެންދޫ ކައުންސިލާ ފިޝަރީސް މިނިސްޓަރ ބައްދަލުކުރައްވައފި

ނޭކުރެންދޫ ކައުންސިލުން ފިޝަރީސް މިނިސްޓަރ އާއި ބައްދަލުކޮށް އެރަށުގެ ދަނޑުވެރިން ތަމްރީނު ކުރުމާއި ބެހޭގޮތުންނާއި އެރަށުގެ ދަނޑުތަކަށް ފެން ދިނުމަށް ހުރި ދަތިތައް ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

އަދި ދަތިތައް ޙައްލުކުރުމަށް މިނިސްޓްރީއިން އެހީވެދިނުމަށް މިނިސްޓަރު ނިންމެވި އެވެ.

އެފްއެސްއެމްގެ ފްލީޓަށް އިތުރު ބާޖެއް

ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން އަތޮޅުތަކަށް ތެޔޮ އުފުލާ ފްލީޓަށް އިތުރު ބާޖެއް ގެނެސްފިއެވެ.

އެފްއެސްއެމުން އަލަށް ގެނެސްފައިވާ ބާޖަކީ އެއްފަހަރާ 360000 ލީޓަރުގެ ތެޔޮ އުފުލުމުގެ ޤާބިލްކަން ހުރި ބާޖެކެވެ. މިއާއެކު މިބާޖަކީ އެކުންފުނީގައި އޮތް އެންމެ ބޮޑު ތެޔޮ އުފުލާ ބާޖެވެ.

ރިއެކްޝަންސް
0
0
0
0
0
0
0