މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

25 ޖޫން 2022 - 18:27

ރައީސުލްޖުމްހޫރިއްޔާ، މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި މޮރިޝަސްގެ ހުރި އެއްގޮތްކަންކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

advertisement

ޔޯގާ ޑޭ ހަމަނުޖެހުމާ ގުޅިގެން އިތުރު ހަތް މީހަކު ހައްޔަރުކޮށްފި

2022 ޖޫން 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިތުރު ހަތް މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން 2022 ޖޫން 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ކ. މާލެ، މ. ފަޅުމަތީގެ، އަޙްމަދު ޢަލީ (26އ) އާއި ކ. މާލެ، ގ. ކޮލަމްބިއާ، މުޙައްމަދު ޒީޝާން ނާޞިރު (30އ) އެވެ. އެމީހުންގެ ތެރެއިން އަޙްމަދު ޢަލީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މުޙައްމަދު ޒީޝާން ނާޞިރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. 

ދިވެހި ޙައްޖު ވެރިންގެ ކަންކަން ފަސޭހަ ކަމާއިއެކު ކުރިޔައްގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރާއްވައިފި

ސައުދީއަރަބިއާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޙައްޖު މިޝަންސްގެ ޑިރެކްޓަރާއި ދިވެހި ޙައްޖު މިޝަންގެ ރައީސް ބައްދަލު ކުރައްވާ ދިވެހި ޙައްޖު ވެރިންގެ ކަންކަން ފަސޭހަ ކަމާއިއެކު ކުރިޔައްގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރާއްވައިފި އެވެ.

އައްޑޫ ސިޓީގެ ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ތަމްރީނު ދީފި

ފުވައްމުލަކު ސިޓީއާއި, އައްޑޫ ސިޓީގެ ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ތަމްރީނު ކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި އެންމެ ދެކުނުގެ ދެ ސިޓީގެ ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމުއައްސަސާތަކުގެ ތެރޭގައި ފުލުހުންނާއި މެޖިސްޓްރޭޓް ކޯޓާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ފުވައްމުލަކު ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެމުއައްސަސާތަކުން 29 ބޭފުޅުން ތަމްރީނު ފުރިހަމަކުރެއްވިއެވެ.

ކުރިއަށްއޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެ

ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0