ކޮންމެ ދުވަހެއްގެ ދިރިއުޅުމާއި އެންޒައިޓީއާއި ގުޅެނީ ކިހާހިސާބަކުން؟

26 ޖޫން 2022 - 15:40

އެންޒައަޓީ ޑިސްއޯޑާ އަކީ ނަފްސާނީ ބައްޔެކެވެ. އަދި އެންޒައަޓީ ޑިސްއޯޑާއެއް ހުންނަ ނަމަ އަދައިގެ ދިރިއުޅުމެއް ވޭތު ކުރަން އުދަނގޫ ވެއެވެ. މި ޑިސްއޯޑާގެ ވައްތަރުތަކުގެ ތެރެގައި ޕެނިކް ޑިސްއޯޑާ އަދި ސޯޝަލް އެންޒައެޓީ ޑިސްއޯޑާ، ސްޕެސިފިކް ފޯބިއާސް ގެ އިތުރުން ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑާ ހިމެނެ އެވެ.

އެންޒައަޓީ ޑިސްއޯޑާއެއްގެ އަސްލު ސަބަބަކީ ކޮބައިކަން ބުނަން ނޭގުނަސް އެހެން ނަފްސާނީ ބަލިތައް ފަދައިން މިއީ ވަރަށް ގިނަ ކަންތައްތަކެއް ގެ ސަބަބުން ދިމާވާކަމެއް ކަމުގައި ބުނެވިދާނެ އެވެ. މިގޮތުން ސިކުނޑިއަށް އަންނަ ބަދަލުތަކާއި، ދިރިއުޅުމުގެ މާހައުލުގެ ސްޓްރެސް އަދި ޖީންސްގެ ސަބަބުން ކަމުގައި ވުމަކީ ވެދާނެ ގޮތެކެވެ.

މިފަދަކަމެއް ހުންނަ ނަމަ ޑޮކްޓަރަކަށް ދައްކައިގެން ވީހާވެސް އަވަހަށް ބޭސް ފަރުވާ އާއި ސައިކޯތެރަޕީ ހޯދާއި ފަރުވާ ފެށުމަކީ އެންމެ އެދެވޭ ގޮތެވެ. މި ބަލީގެ އާލާމަތްތައް މެނޭޖު ކުރުމަށް ލައިފްސްޓައިލަށް ކޮންމެވެސް ބަދަލުތަކެއް ގެނެސްގެން ވެސް އެންޒައިޓީ ކޮންޓްރޯލް ކުރެވިދާނެ އެވެ.

advertisement

ކޮންމެ ދުވަހެއްގެ ދިރިއުޅުމާއި އެންޒައިޓީއާއި ގުޅެނީ ކިހާހިސާބަކުން؟

އެންޒައިޓީ ހުންނަ ނަމަ ތިމާ ދުވަހު ކުރަންޖެހޭ ކަންކަމަށް އޭގެ ސަބަބުން އަސަރު ފޯރައެވެ. އޭގެތެރޭގައި:

  • އޮފީހަށްދާން މާބޮޑަށް އެންޝިއަސްވެ ގޭގައި މަޑުކުރުން
  • އެންޒައިޓީއާއިހެދި ރަހުމަތްތެރިންނާއި ބައްދަލުކުރުމާއި އެމީހުންނާއިއެކު ބޭރަށްދާން ފަސްޖެހުން
  • އެންޒައިޓީގެ ސަބަބުން ރިލޭޝަންޝިޕްއަކަށްދާން އުނދަގޫވުން/ އަދި ދިޔަނަމަވެސް އުޅެން އުނދަގޫވުން
  • ކަންކަމާއި މާބޮޑަށް ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ކަންކަމަށް ސަމާލުކަންދޭން އުނދަގޫވުން
  • ކުރިން ކުރަން ބޭނުންވި ކަންކަން ކުރާހިތް ނުވުން
  • އެންޒައިޓީއާއިހެދި ރޭގަނޑު ނިދަން އުނދަގޫވުން

އެންޒައިޓީގެ ސަބަބުން މިނޫނަސް މީހާއަށް އެކިކަހަލަ ކަންކަމާއި ކުރިމަތިލާން ޖެހިދާނެއެވެ. އޭގެތެރޭގައި:

  • ޓެންޝަންއަށް ދިއުން، ނުވަތަ ވަރުބަލިވުން
  • ޕެނިކްވުން ނުވަތަ ބިރުވެރިކަމުގެ އިހްސާސް ކުރެވުން
  • މާބޮޑަށް ދާހިތްލުން އަދި ހިތުގެ ތެޅުން އަވަސްވުން
  • ގައިގައި ރިއްސުން، ނުވަތަ ވަރުބަލިކަން އިހްސާސްވުން
  • ގޭސްޓްރިކްވުން، ބަނޑުގައި ރިއްސުން
  • ބޭރަށް ދިއުން މަދުވުން

އެންޒައިޓީއަށް ފަރުވާ ހޯދުމަށް ކުރެވިދާނެ ބައެއް ކަންތައްތައްވެސް އެބަހުއްޓެވެ. އޭގެތެރޭގައި:

  • ގާތް މީހަކާއި ވާހަކަދެއްކުން – އެކަނިވެރިވާ ހިނދުގައި ގާތް މީހަކާއި ވާހަކަދެއްކުމަކީ އެންޒައިޓީ ހުންނަ ނަމަ ކުރެވިދާނެ ކަމެކެވެ.
  • ސްޓެރެސް މެނޭޖްކުރެވޭނެ ގޮތްތައް ހެދުން – މާބޮޑަށް ސްޓްރެސް ވުމަކީ މީހާ އެންޒައިޓީއަށް ދާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މަސައްކަތުގެ މާހައުލުގައި މާބޮޑަށް ސްޓްރެސްވާނަމަ މަސައްކަތްތައް ނިންމުމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދިދާނެއެވެ.
  • ރިލެކްސްވުން – މީހާ ހަމަޖެހޭ ކަހަލަ ކޮންމެވެސް ކަމެއް ކޮށްލުމަކީވެސް އެންޒައިޓީއަށް ފަރުވާ ހޯދުމަށް ކުރެވިދާނެ ކަމެކެވެ. ގަޔާވާ ކޮންމެވެސް ކަމެއް ކޮށްލާށެވެ.
  • ގިނައިން އަރާމުކުރޭ – ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ލިބޭނަމަ މީހާގެ ހަށިގަނޑަށް ތާޒާކަން ލިއްބައިދޭނެއެވެ. އެހެންކަމުން ހަމަނިދި ހޯދުމަށް މަސައްކަތް ކުރާށެވެ.
  • ކޮޕީ ލިމިޓްކުރުން
ރިއެކްޝަންސް
4
2
6
20
1
0
1