މިކަންކަން ހުންނަ އަންހެނުންނަށް ހާޓް އެޓޭކް ޖެހުން ގާތް

27 ޖޫން 2022 - 11:37

ލޭގެ ޕްރެޝަމަރު މަތި މީހުންނާއި ހަކުރު ބަލި މީހުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންނަށް ފިރިހެނުންނަށް ވުރެ ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިސާރާއަކުން ދައްކައިފި އެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ ދިރާސާގައި ބުނި ގޮތުގައި ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މަތިވުން ފަދަ މައްސަލަތަކަށް ފިރިހެނުންނާ ދާދި އެއްކަހަލަ ފަރުވާތަކެއް އަންހެނުންނަށް ދިން ނަމަވެސް، ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ ބޮޑީ އަންހެނުންގެ މެދުގައިކަމަށެވެ.

advertisement

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ އަންހެނުންނަށް ވުރެ، ދުންފަތުގެ އިސްތިއުމާ ކުރާ އަންހެނުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ވެސް ތިންގުނަ ބޮޑެވެ. އަދި ލޭގެ ޕްރެޝަރު މަތި އަންހެނުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ 83 ޕަސެންޓް ބޮޑެވެ.

ހަމަމިއާ އެކު ޓައިޕް 1 އާއި ޓައިޕް 2 ޑައިބެޓީޒްއަކީ ވެސް އަންހެނުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ ބޮޑަށް އޮތް ބަލިތަކެވެ.

ރިއެކްޝަންސް
2
0
0
4
0
1
2