އެމްޕީއެލްގެ މަސްލަހަތުވެރިންގެ އަޑު އަހާ، އެ ބޭފުޅުންގެ ހިޔާލު ހޯދުމަށް މި އަހަރުގެ ދެވަނަ ބައްދަލްވުން ބާއްވައިފި

28 ޖޫން 2022 - 14:05

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އެ ކުންފުނީގެ މަސްލަހަތުވެރިންގެ އަޑު އަހާ، އެ ބޭފުޅުންގެ ހިޔާލު ހޯދުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އަދި އެގޮތުން އެ ކުންފުނީގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ ކްލިއަރިން އޭޖެންޓުންނާއި މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ލޮރީ ޑްރައިވަރުންނާއެކު، ހިޔާލު ހޯދައި، މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.

“ސްޓޭކް ހޯލްޑަރ ފޯރަމް” ގެ ނަމުގައި ރޭ އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މަސްލަހަތުވެރިންނަށް މައުލޫމާތުދެއްވި ޕެނަލްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް އޮޕަރޭޓިން އޮފިސަރ މުހައްމަދު މަސީހް އަބްދުލް ސައްތާރާއި ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ތޮލްހަތު ސައީދާއި ޖެނެރަލް މެނޭޖަރ މުޖާހިދު އަނީސް އާއި ޖެނެރަލް މެނޭޖަރ އިބްރާހިމް ވަހީދު އަދި ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.

advertisement

މި ބައްދަލުވުމުގައި މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްްދުގައި މަސައްކަތްކުރާ ގިނަ އަދަަދެއްގެ ކްލިއަރިން އެޖެންޓުންނާއި ލޮރީ ޑްރައިވަރުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ކްލިއަރިން އޭޖެންޓުންނާއި ލޮރީ ޑްރައިވަރުން ވަނީ އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި، އެމްޕީއެލްގެ ހިދުމަތްތަކާ ގުޅިގެން އެ ފަރާތްތަކުން ކުރަން ބޭނުންވާ މުވާލުތައް ކޮށްފައެވެ. މީގެ އިތުރުން، އެމްޕީއެލް އިން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމަށް، އެ ފަރާތްތަކުންވެސް ހިޔާލުތައް ހުށަހެޅިއެވެ.

މި ބައްދަލުުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގެ ބޭނުމަކީ ކުންފުނީގެ ހުރިހާ މަސްލަހަތުވެރިންގެ ގުޅުން ބަދަހިކޮށް، ކުންފުނީގެ އޮޕަރޭޝަންސް އަށް ގެންނަ ބަދަލުތަކާއެކު އެ ފަރާތްތަަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، އަދި ކުންފުނީގެ ހިދުމަތް އިތުރަށް ރަނގަޅުކރުމަށް އެ ފަރާތްތަކުގެ ހިޔާލުތައް ހޯދުން ކަމަށެވެ.

“މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ އަޅުގަނޑުމެން މާ ގިނ ވާހަކަތެއް ދެއްކުމުގެ ބަދަލުގައި، ތިބޭފުޅުން (ކްލިއަރިން އޭޖެންޓުންނާއި ލޮރީ ޑްރައިވަރުން) ގެ ހިޔާލުތއް އަޑުއެހުމާއި، އަޅުގަނޑުމެން ކުންފުނީގެ މަސައްކަތްތއް ބައްޓަންކުރާއިރު، އެ ހިޔާލުތައް އިންކޯޕަރޭޓްކުރެވޭތޯ ބެލުން،” ސީއީއޯ ޝާހިދު ވިދާޅުވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0