ކުޑައިރު ވިޓަމިން ޑީ ދަށްނަމަ ފުރާވަރު އުމުރުގައި ލޭމައްޗަށް ދިއުން ގާތް

13 ޖުލައި 2022 - 15:04

ތުއްތު އިރު ހަޑިގަނޑުގައި ވިޓަމިން ޑީ ހުންނަ މިންވަރު ދަށްނަމަ ފުރާވަރު އުމުރުގައި ލޭމައްޗަށް ދިއުން ގާތްކަމަށް ދިރާސާއެއްގައި ބުނެފިއެވެ.

މި ދިރާސާ އަށް ސައިންސްވެރިން ވަނީ އެމެރިކާގެ ބޮސްޓަންގެ 775 ކުއްޖެއްގެ ސިއްހީ މައުލޫމާތު، އުފަންވީންސުރެ 18 އަހަރު ވަންދެން ބަލައިފަ އެވެ. މީގެ ތެރެއިން ގިނަ ކުދިންނަކީ ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ނިސްބަތްވާ، ސިޓީ ސަރަހައްދުން ބޭރުގައި އުޅޭ ކުދިންނެވެ.

advertisement

މި ހޯދުމުން އެނގުނު ގޮތުގައި އުފަންވާއިރު ވިޓަމިން ޑީ މަދު ކުދިންގެ އުމުރުން ހަ އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުގައި ސިސްޓޮލިކް ބްލަޑް ޕްރެޝަ މައްޗަށް ދިއުމުގެ ނުރައްކާ 60 ޕަސެންޓަށް ބޮޑުވެ އެވެ.

ސިސްޓޮލިކް ބްލަޑް ޕްރެޝަ އަކީ ހިތުގެ ވިންދާ އެކު ލޭ ހޮޅިތަކަށް ލޭ ފޮނުވާލާ ބާރުމިނެވެ. ޑަޔަސްޓޮލިކް ބްލަޑް ޕްރެޝަރަކީ ހިތުގެ ވިންދުގެ ދެމެދުގައި ހުންނަ ބާރުމިނެވެ.

ޑަޔަސްޓޮލިކް ބްލަޑް ޕްރެޝަރު ދަށްކޮށް ހުރި ނަމަވެސް، ސިސްޓޮލިކް ބްލަޑް ޕްރެޝަރު މަތި ނަމަ ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވެ އެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި، އާންމު ގޮތެއްގައި ވިޓަމިން ޑީ ދަށްކޮށް ހުންނަ ކުދިންނަށް، 3-18 އަަހަރާ ދެމެދު ސިސްޓޮލިކް ބްލަޑް ޕްރެޝަރު މައްޗަށް ދިއުމުގެ ނުރައްކާ، ވިޓަމިން ޑީ އެކަށީގެންވާ ވަރަށް ހުންނަ ކުދިންނާ އަޅާބަލާއިރު ދެ ގުނަ ބޮޑުވެ އެވެ.

މި ދިރާސާގައި ހާމަވެފައި ވަނީ ވިޓަމިން ޑީ އާއި ލޭމައްޗަށް ދިއުމާ ހުރި ގުޅުމެކެވެ. ރާއްޖޭގެ އާބާދީގެ ގިނަ މީހުންނަކީވެސް މިހާރު ވިޓަމިން ޑީ މަދު މީހުންނެވެ. ވިޓަމިންޑީ ހޯޑުމަށް އޮތީ 2 ގޮތެކެވެ. އެއީ ކެއުމުގެ އިތުރުން ގުދުރަތީގޮތުން ވިޓަމިން ޑީ ހޯދުމެވެ. ގުދުރަތީގޮތުން ވިޓަމުން ޑީ ހޯދުމަށް އިރުއަރައިގެން އަންނަ ވަގުތުގައި އަވީގައި އުޅެންޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0