އީދު ޗުއްޓީ ނިންމާފައި އައިއިރު ހަންގަނޑު އެނދި ކުދިންނަށް ހައްލު!

17 ޖުލައި 2022 - 9:36

އީދު ބަންދު ނިންމާލުމަށްފަހު މިއަދަކީ އަލުން އަނބުރާ އޮފީސްތަކަށް ނިކުންނަ ދުވަހެވެ. އެންމެ ގިނަ މީހުން މިއަދު ދެރަވާނީ އީދު މަޖާނަގަން އުޅުނުއިރު ހަންގަނޑު އަނދާފައި ހުރުމުން އޮފީސް މީހުން ކިޔާނެ އެއްޗަކަށް އޮފީހަށް ދިއުމަށެވެ. އަވިން ހަންގަނޑު އެދުމުން ގޭގައި ދެވިދާނެ ބައެއް ފަރުވާ ހުރެއެވެ. މި އާޓިކަލްގައި މި ހިމަނާލަނީ އަވިން ހަންގަނޑު އެދުމުން ގޭގައި ދެވިދާނެ ބައެއް ފަރުވާއަށެވެ.

ކިއުކަމްބާ، ރޯސް ވޯޓާ އަދި ލުނބޯ ހުތް ޕެކް

އަވީގައި ގިނައިރު އުޅުމުން މޫނު ކަޅުވެފައިވާ ނަމަ ދޭން އެންމެ ރަނގަޅު އެއް ފަރުވާ އަކީ ކިއުކަމްބާ އާއި ލުނބޯ އެއްކޮށްގެން ތައްޔާރުކޮށްލެވޭ ފަރުވާ އެކެވެ. މި ދެ ބާވަތަކީ ގުދުރަތީ ގޮތުން ހަންގަނޑުގެ ކުލަ އަލިކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ އެއްޗިއްސެވެ. ކިއުކަމްބާ ޖޫހާއި ލުނބޯ ހުތް އަދި ރޯސް ވޯޓާ ކޮންމެ ވައްތަރަކުން މޭޒުމަތީ ސަމުސަލެއްގެ އެއްޗެހި ބޯތައްޓެއްގައި ރަނގަޅަށް އެއްކުރާށެވެ. މޫނުގެ އަނދާފައިވާ ހިސާބުތަކުގައި ކަފަކޮޅަކުން ނުވަތަ ފިއްސަކުން، ތައްޔާރުކުރި މިކްސް އުނގުޅާށެވެ. އަދި 10 މިނިޓް ބެހެއްޓުމަށް ފަހު ފިނި ފެނުން ދޮވެލާށެވެ.

advertisement

ބޭސަން އާއި ރީނދޫ ފޭސް ޕެކް

މިއީ ހަމުގެ ކުލަ އަލިކުރުމަށާއި ސްކްރަބް ކުރުމަށް ރަނގަޅު ފަރުވާ އެކެވެ. ރީނދުލަކީ ހަންގަނޑަށް ވަރަށް ބޭނުންތެރި މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. ހަންގަނޑުގެ އުޖާލާކަން އިތުރުވެ ހަންފޮޅުން ހުއްޓި އަދި ކުލަ ވެސް އަލިވާނެ އެވެ. ގްރާމް ފްލާ އަކީ މަރުވެފައިވާ ހަންތައް ނައްތާލާ ހަންގަނޑު ރީތިކުރާ އެއްޗެކެވެ.

މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ބޭސަން އާއި ދެއިނގިލި ކުރިން ހިފޭ ވަރުގެ ރީނދޫކޮޅެއް، 1 މޭޒުމަތީ ސަމުސާ ތާޒާ ކިރު، މޭޒުމަތީ ސަމުސަލެއްގެ ޗިސްކޮށްފައި ހުރި އޮރެންޖު ތޮށި ފިނިކޮށްފައި ހުރި ރޯސް ވޯޓާ ކޮޅަކާ ރަނގަޅަށް އެއްކުރާށެވެ. މޫނު ސާފުކުރުމަށްފަހު މި ޕޭސްޓް އުނގުޅާފައި 20 މިނިޓް ބަހައްޓާށެވެ.

ޓޮމާޓޯ، ޔޯގަޓް އަދި ލުނބޯ ހުތް ފޭސް ޕެކް

ޓޮމާޓޯގެ އެތެރޭގައިވާ މަޑުބައި ދެ މޭޒުމަތީ ސަމުސާ ހުންނަހާ އެއްޗެހި މޭޒުމަތީ ސަމުސަލެއްގެ ލުނބޯ ހުތާއި ހަމަ އެހާ ޔޯގަޓް ބޯތައްޓެއްގައި ރަނގަޅަށް އެއްކުރުމަށްފަހު މޫނުގައި ހާކާށެވެ. ތިރީސް މިނިޓް ބަހައްޓާފައި ފިނި ފެންފޮދަކުން ދޮވެލާށެވެ. ކުޑަކޮށް ކަށިހަރާ ކަހަލަ ގޮތެއް ޓޮމާޓޯ ޖޫހުން އިހްސާސް ކުރެވިދާނެ އެވެ. އަދި މި ފޭސް ޕެކް ހޭކުމާ އެކު ހިރުވާ ކަހަލަ ގޮތެއް ވެސް ވެދާނެ އެވެ. ނަމަވެސް ގަވާއިދުން އުނގުޅަން ފެށުމުން އެކަން ހަމަޔަކަށް އެޅޭނެ އެވެ.

އޮރެންޖް ޖޫހާއި ޔޯގަޓް ފޭސްޕެކް

އޮރެންޖް ޖޫހާއި ޔޯގަޓް ކޮންމެ ވައްތަރަކުން މޭޒުމަތީ ސަމުސަލެއްގެ އެއްޗެހި އެއްކޮށްފައި މޫނުގައި ހާކާށެވެ. އަދި 30 މިނިޓް ބަހައްޓާފައި ދޮވެލާށެވެ.

ކެލާ އާއި ކާށި ފެނުގެ ފޭސް ޕެކް

މޭޒުމަތީ ސަމުސަލެއްގެ މުގުރާފައި ހުރި ކެލާ ފުށް ކާށިފެންފޮދެއް ޖަހައިގެން ރަނގަޅަށް ގަށާ ޕޭސްޓް ތައްޔާރުކުރާށެވެ. އަދި އާމަންޑް އޮއިލް ދެތިން ތިކި ޖަހާލާށެވެ. މޫނާއި ކަރުގައި އުނގުޅާފައި 20 މިނިޓް ބަހައްޓާފައި ދޮވެލާށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0