ހދ. މަކުނުދޫ ފެރީ ހަޓް ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ނިންމާލައިފި

21 ޖުލައި 2022 - 11:50

ހދ. މަކުނުދޫ ފެރީ ހަޓް ހެދުމުގެ މަސައްކަތް 20 ޖުލައި 2022 ވަނަ ދުވަހު ނިމިއްޖެކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.

މި ފެރީ ހަޓަކީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ގެ ޙިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރާކަމަށްވެސް އެ ކުންފުނިން ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވަރސަލް ޓޮއިލެޓް ހެދުން ހިމެނެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0