އުރީދޫގެ ފައިބަރ ސުޕަރނެޓް ހަލުވި ސްޕީޑްތަކާއެކު ނ.ކެނދިކުޅުދޫ އަދި ރ.އަލިފުއްޓަށް!
23 ޖުލައި 2022 - 9:27
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ނ.ކެނދިކުޅުދޫ އަދި ރ.އަލިފުއްޓަށް ތައާރަފްކޮށްފިއެވެ. ނ.ކެނދިކުޅުދޫ އަދި ރ.އަލިފުށީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަރ ސުޕަރނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބިވަޑައިގަންނަވާނެއެވެ.
Enme Haluvi adhi enme agu heyo internet, Fibre SuperNet R.Alifuhttah!
✨Furathama 3 mahah 300GB mulhin hiley!
Bodethi data allowance aai eku furihama package thakeh!
Khidhumaiy hoadhumah Ooredoo shop akah ziyaaraiy kuravvaa, nuvatha 👉 https://t.co/ZMKAXOB5xO pic.twitter.com/x24vWkJ0kY— Ooredoo Maldives (@OoredooMaldives) July 21, 2022
“ފައިބަރ ސުޕަރނެޓްގެ ޙިދުމަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މިއަދު އަޅުގަނޑުމެންމިވަނީ ކެނދިކުޅުދޫ އަދި އަލިފުއްޓަށް ވަރަށް ޙާއްސަ އޮފަރއަކާއެކު މި ޙިދުމަތް ތައާރަފްކޮށްފަ. މި ޙާއްސް އޮފަރގެ ދަށުން ފައިބަރ ސުޕަނެޓް ނަންގަވާ ފަރާތްތަކަށް ފުރަތަމަ ތިން މަހުގައި މުޅިއަކު 300 ޖީބީ މުޅިން ހިލޭ ލިބިވަޑައިގަންނަވާނެ. އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް، ފައިބަރ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވަރ ޚިދުމަތާއެކު މިވަގުތު މާކެޓްގައި އެންމެ ފުރިހަމަ ޕްލޭންތައް. ކެނދިކުޅުދޫ އަދި އަލިފުށީގެ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދީ އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކައްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ޙިދުމަތް ފޯރުކޮށްދިނުން.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވިއެވެ.
Enme Haluvi adhi enme agu heyo internet, Fibre SuperNet N.Kendhikulhudhoo ah!
✨Furathama 3 mahah 300GB mulhin hiley!
Bodethi data allowance aai eku furihama package thakeh!
Khidhumaiy hoadhumah Ooredoo shop akah ziyaaraiy kuravvaa, nuvatha 👉 https://t.co/ZMKAXOB5xO pic.twitter.com/SeLXlkSP0L— Ooredoo Maldives (@OoredooMaldives) July 21, 2022
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާނެއެވެ.
ކެނދިކުޅުދޫ އަދި އަލިފުށީގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރައްވާށެވެ.


