ފިހިފައިވާތަނަށް ވަގުތުން ފަރުވާ ދިނުމަށް ގޭގައި ބޭނުންކުރެވޭނެ ތަކެތި

28 ޖުލައި 2022 - 10:20

ބަދިގޭގައި އުޅޭއިރު ނުވަތަ އެނޫންވެސް އެހެން ކަމެއް ކުރަނިކޮށް ހަށިގަނޑުގެ ކޮންމެވެސް ތަކެއް ފިހުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ބައެއް މީހުންނަށް ފިހުމުން ވަގުތުން އަމަލު ކުރަންވީގޮތް ނޭންގެއެވެ. އޭގެ ސަބަބުން ފިހިފައިވާތަން އިތުރަށް ގޯސްވެ ފަސޭހަވުމަށް ގިނަ ދުވަސްނަގާ ފަހަރުވެސް އާދެއެވެ. ނަމަވެސް ފިހިފައިވާތަނަށް ވަގުތުން ދޭންވީ ފަރުވާ އިނގޭނަމަ އަވަހަށް ފަސޭހަވުމަށް އެހީއަކަށްވެއެވެ. ފިހިފައިވާތަނަށް ވަގުތުން ދެވިދާނެ ބައެއް ފަރުވާތަކުގެ ތެރޭގައި ހިމެނޭ ކަންކަން ހިމަނާލާނަމެވެ.

ކަޅު ސައި: ކަޅު ސައިގައި ޓެނިކް އެސިޑް އެކުލެވެ އެވެ. މިއީ ފިހިފައިވާ ތަނުގައިވާ ހޫނުތައް ބޭރަށް ދަމައިގަންނަން އެހީތެރިވެދޭނެ އެއްޗެކެވެ. އޭރުން، ފިހިފައިވާތަނުން ދިލަ ނެގުން ކުޑަވާނެ އެވެ. ފިނި، ތެތް ޓީ ބޭގް އެއް، ފިހިފައިވާ ތަނުގައި ބޭއްވުމަށް ފަހު ފޮތިކޮޅެއް އޮޅާލާފައި ބަހައްޓާށެވެ.

advertisement

މާމުއި: މާމުޔަކީ އެންޓި-ބެކްޓީރިއަލް މާއްދާތައް އެކުލެވޭ އެއްޗަކަށްވާތީ، ފިހިފައިވާ ތަނުގައި މާމުއިކޮޅެއް އުނގުޅާލުމުން އިންފެކްޝަނެއް އަށަނުގަނެ ފަސޭހަވާނެ އެވެ.

ކިރު: ކިރުގައި އެކުލެވޭ ޕްރޮޓީންސް އާއި ފެޓްސްގެ ސަބަބުން، ފިހިފައިވާ ތަނުން ނަގާ ދިލަ މައިތިރިކޮށްދީ އެތަނަށް ފިނިކަން އިހްސާސް ކުރެވުމުގެ އިތުރުން އަވަހަށް ފަސޭހަވުމުގެ ފުރުސަތު ވެސް ބޮޑުވާނެ އެވެ. ފިހިފައިވާ ތަނަށް ފިނިކޮށްފައިވާ ކިރުން ފަރުވާ ހޯދާށެވެ. ފަނަރަ ވަރަކަށް މިނިޓް ތެރޭ ނަތީޖާ ފެންނާނެ އެވެ.

ބައެއް މީހުން ބުނާގޮތުގައި ދިޔާ ތެރަހަކީވެސް ފިހިފައިވާ ތަންތަނަށް ވަގުތުން ފަރުވާ ހޯދުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ސްކޫލްގައި ގެންގުޅޭ ދިޔާ ތެރަސް ފިހިފައިވާ ތަނަށް އެޅުމުން ވަގުތުން ދިލަ މަޑުވާކަމަށް ބުނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0