މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

28 ޖުލައި 2022 - 16:05

ރައީސް، އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހު ފުރާވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށް އިންޑިއާއަަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޯމަދުވަހު ފުރާވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ދިވެހިންނަށް އަނެއްކާވެސް އިންޑޮނޭޝިޔާއިން އޮން-އެރައިވަލް ވިސާ

އިންޑޮނޭޝިޔާއިން އޮން-އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

މިއުޒިކީ ޢީދު ޝޯވ މިރޭ އައްޑޫ ސިޓީގައި

ފަންނާންގެ ދިވެހި މިއުޒިކީ ޢީދު ޝޯވ އައްޑޫ ސީޓީގައި މިރޭ އޮންނާނެއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޔޯގާ ޑޭ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޔުނިވާސަލްގެ ދެ ރިސޯޓެއް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލައިފި

ޔުނިވާސަލްގެ ހިއްސާ އޮތް ކ. ފުރަނަފުށީގައި ފުލްމޫންގެ ނަމުގައި ހިންގާ ރިސޯޓާއި، އއ. ފެސްދޫގައި ޑަބްލިއު މޯލްޑިވްސްގެ ނަމުގައި ހިންގާ ރިސޯޓް ވިއްކާލުމަށް ހުޅުވާލުމުން ގަނެފައިވަނީ އެމެރިކާގެ ޕްރައިވެޓް އިކުއިޓީ ފާމް – ކޭއެސްއެލް ކެޕިޓަލް އިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0