މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

1 އޯގަސްޓް 2022 - 17:44

ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު އެ ޤައުމަށް ވަޑައިގެންފިއެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

advertisement

މޫސުމަށް އަންނަ ބަދަލުތަކަކީ، ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން: ނައިބު ރައީސް

މޫސުމަށް އަންނަ ބަދަލުތަކަކީ، ތަރައްޤީވަމުން އަންނަ ކުދިޤައުމުތަކަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާލައިފި

ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު )ފުރަތަމަ ފިޔަވަހި( ގެ މަސައްކަތް 25 ޖުލައި 2022 ވަނަ ދުވަހު ނިމިއްޖެ ކަމަށް އެމްޓީސީސީ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް

ންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުމަށް ޕީޕީއެމްއިން ނިންމައިފިއެވެ.

ބެހިގެން އަންނަ ސީލްފަދަ ޖަނަވާރުންނަށް ގޯނާނުކުރުމަށް އީޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އީޕީއޭއިންއިން އިލްތިމާސް ކޮށްފިއެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަން ވިދާޅުވިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0