ޗެރީ — ކެންސަރާއި ހިތުގެ ބަލިތަކަށް ބޭނުންކުރެވިދާނެ މޮޅު އެއްޗެއް

3 އޯގަސްޓް 2022 - 17:02

ކެންސަރާއި ހިތުގެ ބަލިތަކާއި ހަކުރު ބަލިން ރައްކާތެރިވުމަށް ޗެރީއަކީ ބޭނުންކުރެވިދާނެ އެއްޗެކެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ ތަދުތައް ފިލުވައި ދުޅަތައް ތިރި ކުރުމަށް ވެސް މިއީ ރަނގަޅު މޭވާއެކެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި ލޭގެ ޕްރެޝަރު މަތި މީހުން 60 މިލިލީޓަރުގެ ޗެރީ ޖޫސް ބުއިމުން ތިން ގަޑިއިރު ތެރޭގައި ލޭގެ ޕްރެޝަރު ހަތް ޕަސަންޓަށް ދަށްކޮށްދެއެވެ. އަދި ސްޓްރޯކާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު މި ޖޫހުން ކުޑަކޮށްދެއެވެ.

advertisement

މި ދިރާސާ ކުރުމަށް ވަނީ ލޭގެ ޕްރެޝަރު މަތި 15 މީހަކު ބައިވެރިކޮށްފަ އެވެ. އެގޮތުން ކޮންމެ މީހަކަށް 60 މިލިލީޓަރުގެ ޗެރީ ޖޫހާއި މޭވާ އެކުލެވޭ ޖޫހެއް ދިނެވެ. އަދި ޗެރީ ޖޫސް ބުއި މީހުންގެ ލޭގެ ޕްރެޝަރު ހަތް ޕަސަންޓަށް ދަށްވި ކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ.

ދުޅާހެޔޮ ސިއްހަތެއްގައި ހުރުަމަށް މޭވާއާއި ތަރުކާރީއަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން ޗެރީ ނޫނަސް ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް މޭވާގެ ބާވަތްތައް ހިމެނުމަކީ ސިއްހަތު ސަލާމަތުން ހުރެ ބަލިތަކުން ރައްކާކޮށްދޭނެކަމެކެވެ.

ރިއެކްޝަންސް
0
2
0
0
0
0
0