ކޮމިއުނިޓީ ނޭސް ވޮލެންޓިއާސްއާއި އެޗްޑީސީން ގުޅިގެން ހުޅުމާލޭގައި ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް ބާއްވައިފި

6 އޯގަސްޓް 2022 - 14:41

ކޮމިއުނިޓީ ނޭސް ވޮލެންޓިއާސްއާ އެޗްޑީސީން ގުޅިގެން އިސް ރައްވެހިންގެ ހެލްތް ސްކްރީނިންގ އަދި މަޢުލޫމާތު ދިނުމުގެ ސެޝަންއެއް މިއަދު ވަނީ ހުޅުމާލޭގައި ކުރިއަށް ގެންދެވިފައި ކަމަށް އެޗްޑީސީން މައުލޫމާތުދެއްވައިފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހި ބީޗް ސަރަހައްދުގައި ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ހަކުރު ޗެކް ކުރުމާއި، ލޭގެ ޕްރެޝަރ ޗެކް ކުރުން އަދި ސިއްހީ ގިނަ މަޢޫލޫމާތުތަކެއް ވަނީ ބައިވެރިންނާއި ހިއްސާ ކުރެވިފައިކަމަށްވެސް ވިދާޅުވި އެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް ކޮންމެ މަހަކު 2 ފަހަރު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ވެސް މި ހަރަކާތް ބޭއްވިގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0