އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމަކީ މިހާރު ގިނަ މީހުންނަށް ދިމާވާ މައްސަލައެއް

9 އޯގަސްޓް 2022 - 11:45

ސެންޓާސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބުނެފައިވަނީ ޒުވާނުންގެ 3 ބައިކޮށްފަ އެއްބައި ޒުވާނުންނަކީ ހަމަނިދި ނުލިބޭ މީހުންކަމަށެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ބައްޔެއްގެ ސަބަބުން ނުވަތަ ނިދަން އުނދަގޫވާ އެހެން ކަމެއްގެ ސަބަބުން ހިމެނެއެވެ. ނަމަވެސް ގިނަ ޒުވާނުންނަށް ހަމަނިދި ނުލިބެނީ ރޭގަނޑުގެ ވަގުތުތަކުގައި ހޭލައި މާގިނައިރު އުޅުމުގެ ސަބަބުންނެވެ.

ހޯދުންތަކުން ދައްކާގޮތުގައި ހަމަނިދި ލިބުމަކީ މީހާގެ ދުޅާހެޔޮކަމަށްވެސް އޭގެ ސަބަބުން އަސަރުކުރުވާ ކަމެކެވެ. ހަމަނިދި ނުލިބި އުޅޭ މީހުންނަށް ތަފާު އެކި ބަލިތައް ޖެހުން ގާތެވެ. އެގޮތުން ހަކުރު ބައްޔާއި އަދި ފަލަވުން ފަދަ ކަންކަން ހިމެނެއެވެ.

advertisement

ހަމަނިދި ލިބޭ މީހުންނަށް ދުވާލުގެ މަސައްކަތް ކުރުމަށް ހަކަތަލިބި އެނަޖައިޒްވާ ކަމަށް ހޯދުންތަކުން ދައްކައެވެ. ނިދުމަށް ޙާއްސަ ޑޮކްޓަރުން ބުނާގޮތުގައި ހަމަނިދި ލިބި މީހާ އެމޯޝަނަލީ ރަނގަޅުނަމަ އެހެންމީހުންނާއި އޮންނަ ގުޅުންތައް ދެމެހެއްޓުމަށްވެސް އެހީތެރިވެދެއެވެ.

ރޭގަނޑު ހަމަނިދި ނިބި ހޭލާ މީހުންގެ މޫޑް ރަނގަޅުވެ ކަންކަމަށް އިންސްޕަޔަރވެ ޕެޝަނޭޓްވެއެވެ. އަދި މަސައްކަތުގެ މާހައުލުގައި މީހާއަށް ރަނގަޅަށް މަސައްކަތް ކުރެވުމާއި، ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންވެސް މީހާ ކަންކަމަށް ތައްޔާރުވެއެވެ.

ހަމަނިދި ނުލިބޭނަމަ މީހާއަށް ކުރާ އަސަރަކީ ކޮބާ؟

ހަމަނިދި ނުލިބޭނަމަ މީހާއަށް ކަންކަން ކުރުމުގެ ޝައުގުވެރިކަން ގެއްލެއެވެ. އަދި މައިގްރޭން ނުވަތަ ބޮލުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅާހެޔޮކަމަށް އަސަރުކޮށް އެންޒައިޓީ އަދި ޑިޕްރެޝަންއަށް ހުށައެޅެއެވެ.

ރިއެކްޝަންސް
1
1
0
4
0
0
1