ރާއްޖެގެ ކޯޓު ސިސްޓަމަށް ކަޅިއެއް!

10 އޯގަސްޓް 2022 - 8:58

2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނުއަސާސީ އަށް ފަހު ތިން ބާރު ވަކިވުމާއި އެކު ރާއްޖޭގައި ޝަރުއީ ނިޒާމަކީ ވަކި މިނިވަން ބާރެކެވެ. މި ނިޒާމުގައި ކޯޓުތައް ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ ސުޕްރީމް ކޯޓާއި ހައިކޯޓު އަދި ދަށު ކޯޓެވެ.

މީގެ ތެރެއިން އެންމެ ފަހު ބަސް ބުނާ އެންމެ މަތީ ކޯޓަކީ ސުޕްރީމް ކޯޓެވެ. އޭގެ ކުރިން ގައުމުގެ ޝަރުއީ ކަންކަމުގައި އެންމެ ފަހު ބަސް ބުނާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ގާނޫނުއަސާސީ ފާސްކޮށް ވަގުތީ ސުޕްރީމް ކޯޓެއް އުފެއްދުމަށް ފަހު އެ ކޯޓު ދާއިމީވީ 2010 ވަނަ އަހަރުއެވެ.

advertisement

ސުޕްރީމް ކޯޓު:

ސުޕްރީމް ކޯޓުގެ ފަނިޔާރުންގެ ބެންޗުގައި ހިމެނޭނީ އުއްތަމަ ފަނޑިޔާރާއި އެކު ޖުމްލަ 7 ފަނޑިޔާރުންނެވެ. ކޯޓުގެ އުއްތަމަ ފަނޑިޔާރަކު ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރާނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ސުޕްރީމްކޯ ޓުގެ އަހަރީ ދައުރު ކަނޑަނާޅާހާހިނދަކު، ކޮންމެ އަހަރަކުވެސް ސުޕްރީމްކޯ ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުއެވެ. އަދި މެދުކެނޑުމެއްނެތި ހިނގުމަށްފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަ ުތ ދުވަހުއެވެ.

ސުޕްރީމް ކޯޓުގެ އިހްތިސާސް:

ސުޕްރީމް ކޯޓުގެ އިހްތިސާސް 4 ބަޔަކަށް ބެހިގެން ވެއެވެ. އެއީ:
• ހަމަ އެކަނި ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލަތައް،
• ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިފައިވާ މައްސަލަތައް،
• ހައިކޯޓުން ނިންމައި އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަތައް،
• އެ ކޯޓުގެ ލަފާއަށް ހުށަހަޅާފައިވާ މައްސަލަތައް

ހައި ކޯޓު:

ހައިކޯޓު އެކުލެވިގެންވަނީ އެ ކޯޓުގެ އިސް ފަނޑިޔާރާއި އެ ކޯޓަށް އައްޔަންކުރާ އިތުރު އަށް ފަނޑީޔާރަކު ހިމެނޭހެން ޖުމްލަ 9 ފަނީޔާރުންގެ ބެންޗެއްގެ މައްޗަށެވެ. އެ ކޯޓުގެ ފަނޑިޔާރުން އައްޔަންކުރާނީ ޖުޑީޝަލް ސާވިސް ކޮމޝަން (ޖޭއެސްސީ) އިންނެވެ.

ހައިކޯޓުގެ އިހްތިސާސް:

• ގާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި މައްސަލައިގެ ފުރަތަމަ މަރުޙަލާގެ ޓުކަމުގައި ކަނޑައަޅާފައިވާ މައްސަލަތައް.
• ހައިކޯ ކޯ ޓުގެ އަސްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައް
• ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް
• ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ ނިންމުންތައް.

ދަށު ކޯޓުތައް

ދަށު ކޯޓުތައް ބެހިގެން ވަނީ ދެބަޔަކަށެވެ. އެއީ ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކެވެ. މީގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކަކީ ހައިކޯޓު ސުޕްރީމް ކޯޓު އަދު ސުޕީރިއާ ކޯޓުތައް ނުހުންނަ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަން ޖެހޭ ކޯޓެކެވެ. އޭގެ ތެރެއިނ 500 މީހުން ހަމަވާ ކޮންމެ ރަށެއްގައި ފަނީޔާރަކު ގާއިމްވެ ހުންނަން ޖެހެއެވެ. އެއީ އިސް މެޖިސްޓްރޭޓެވެ.

ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއާ ކޯޓުތަކަކީ:

ސިވިލް ކޯޓު: ސިވިލް ކޯޓަކީ މާލީ ދެބަސްވުންތަކާއި، ކޮންޓްރެކްޓް ޑިސްޕިއުޓްތަކާއި، އިދާރީ ދެބަސްވުންތައް ފަދަ މައްސަލަތައް ބަލާ ކޯޓެވެ. އަދި ސުޕްރީމް ކޯޓާއި ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ގުޅޭ މަދަނީ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު ވެސް އެ ކޯޓަށް ލިބިގެންވެ އެވެ.
• ފެމިލީ ކޯޓު: ފެމިލީ ކޯޓަކީ އާއިލާތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކާ ގުޅޭ ކަންކަން ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ކޯޓެވެ. މިކަންތައްތަކުގެ ތެރޭގައި މައިންބަފައިންގެ މައްސަލަތަކާއި ވަރިއާއި، ދަރިންގެ ކަސްޓަޑީ ފަދަ ކަންކަން ހިމެނެއެވެ.
ޖުވެނައިލް ކޯޓު: ޖުވެނައިލް ކޯޓަކީ 18 އަހަރުން ދަށުގެ އެއްވެސް މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިފައިވާނަމަ، އެ މައްސަލައެއް ބަލާ ކޯޓެވެ.
• ކްރިމިނަލް ކޯޓު: ކްރިމިނަލް ކޯޓަކީ ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ އަމަލުތައް ފިޔަވައި، ޖިނާއީ މައްސަލަތަކުގައި ޖިނާއީ ކަންކަން ބަލާނީ އެ ކޯޓުންނެވެ.
ޑްރަގް ކޯޓު: ޑްރަގް ކޯޓުގައި ހިންގާނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުރާ ޝަރީއަތްތަކެވެ. އެފަދަ މީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ މަޤްޞަދުގައި، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މަޖުބޫރުކޮށްގެން، އެ ޕްރޮގްރާމްތައް ހިންގުމުގެ ބާރު އެ ކޯޓަށް ލިބިގެންވެއެވެ.

މި ކޯޓުތަކުގައި ތިބެންޖެހޭ ފަނޑިޔާރުންގެ އަދަދު ކަނޑައަޅައި ފަނޑިޔާރުން އައްޔަންކުރާނީ ޖުޑީޝަން ސާވިސް ކޮމިޝަނުންނެވެ. އެ ކޯޓުތަކުގެ ފަނީޔާރުންނަށް މުހާތަބުކުރާނީ “ޤާޟީ” ގެ ނަމުންނެވެ. ކޮންމެ ކޯޓެއްގައި ވެސް އިސް ޤާޟީ އަކު ހުންނަން ޖެހޭއިރު، އެ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބަލާނީ ކޮން ޤާޟީ އެއްކަން ކަނޑައަޅާނީ އެ ކޯޓެއްގެ އިސް ޤާޟީއެވެ.

ރިއެކްޝަންސް
0
0
0
0
0
0
2