އަލަށް ވަޒީފާއަށް ނިކުންނަ ޒުވާނުންނަށް ހާއްސަކޮށް ޖަލްބޫޓްގެ ފަރާތުން އިންޓަންޝިޕް ފުރުސަތުތަކެއް

14 އޯގަސްޓް 2022 - 11:13

އަލަށް ވަޒީފާގެ މާހައުލަށް ނިކުންނަ ޒުވާނުންނަށް ހާއްސަކޮށްގެން، ޖަލްބޫޓް މެރިން ސާރވިސަސް ޕްރައިވެޓް ލިމިޓެޑްއިން އިންޓާރންޝިޕް ޕްރޮގްރާމެއް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމުގެ ދަށުން ޖަލްބޫޓްއިން މަސައްކަތްކުރާ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުންވެސް ތަމްރީން ލިބިގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 06 މަސް ދުވަހުގެ މުއްދަތަކަށްށެވެ. އަދި ބައިވެރިވާ ޒުވާނުންނަށް ކޮންމެ މަހަކު އެލަވަންސެއް ލިބިގެންދާނެއެވެ.

މި ތަމްރީން ތަކުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި، ވޯޓަރ ސްޕޯޓްސް، ޑައިވިން، އެކްސްކާރޝަން، މެރީނާ އޮޕަރޭޝަސް، ޓްރާންސްޕޯޓް، އެޑްމިން، ފައިނޭންސް އަދި މާރކެޓިން ފަދަ ދާއިރާތައް ހިމެނެއެވެ.

މި އިންޓާރޝިޕްގައި ބައިވެލައްވަން ބޭނުންވާ ޒުވާނުން، 2022 އޮގަސްޓް 20 ވަނަ ދުވަހުގެ ކުރިން ފޯމް ހުށަހެޅުއްވުންއެދެމެވެ. ފޯމް، ޖަލްބޫޓްގެ ސްޓޯލް (މެރިން އެކްސްޕޯ 2022) އަދި ޖަސްބޫޓް ގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިލައްވާނެއެވެ.

ރިއެކްޝަންސް
0
6
2
0
0
0
0